ads
ފަލަސްތީނަސް އެހީވުމަށް ފެށި ޓެލެތޯން ފައްޓަވާ ދެއްވުމުގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ
ހައްޖު ދުވަހަކީ ﷲގެ ރުއްސެވުމުން ފުރިގެންވާ ދުވަހެއް: ރައީސް
ހައްޖު ދުވަހަކީ ﷲގެ މަދަދާއި ރުއްސެވުމުން ފުރިގެންވާ ދުވަހެއް ކަމަށް ހަދާންކޮށް ދެއްވަމުން ދިވެހި ރައްޔިތުންނާއި މުޅި އިސްލާމީ އުންމަތަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ހައްޖު ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި އެވެ.
Advertisement

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހައްޖު ދުވަހަކީ އަހަރުގެ އެންމެ ބަރަކާތްތެރި އެއް ދުވަސް ކަމަށެވެ. 

އަދި މި ދުވަހަކީ މާތް ﷲ ގެ މަދަދާއި ރުއްސެވުމުން ފުރިގެންވާ ދުވަހެއްކަން ހާމަކުރައްވަމުން ރައީސް ވަނީ މިދުވަހުގެ ބާއްޖަވެރިކަން ދިވެހި ރައްޔިތުންނަށާއި މުޅި އިސްލާމީ އުންމަތަށް މިންވަރުކުރެއްވުމަށް އެދިވަޑައިގެންނަވާފަ އެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ މާދަމާ (ހޮނިހިރު) އެވެ. މިއަދު ހައްޖުވެރިން އަރަފާތު ބިމަށް ދާން ދަތުރު ފަށާނެ އެވެ. މާދަމާ ހައްޖުވެރިން ހޭދަކުރާނީ ހައްޖުގެ އެންމެ މުހިންމު ރުކުން ކަމަށްވާ އަރަފާތު ބިމުގައި އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމުގެ މުހިންމު ރުކުންތައް ފުރިހަމަކުރުމުގެ ދަތުރު ދިވެހި ހައްޖުވެރިން ވެސް މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން މިހާރު ހައްޖުވެރިން ތިބީ "ޓެންޓް ސިޓީ"ގެ ގޮތުގައި އަބަދުވެސް މަޝްހޫރު މިނާގެ ފޭލިގެތަކުގަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް