ads
އަލް މަސްޖިދުލް ހަރަމްގެ އިމާމް މަހާރް އަލް މުއައިގަލީ މިއަދުގެ ހައްޖު ހުތުބާ އިއްވައިދެއްވަނީ
ދުނިޔޭގައި އުޅޭއިރު އިންސާނާގެ ބުއްދިއާއި އަމަލުތަކަށް ސަމާލުވާން އެދިއްޖެ
ދުނިޔޭގައި އުޅޭއިރު އިންސާނާގެ ބުއްދިއާއި އަމަލުތަކަށް ސަމާލުވާންޖެހޭ ކަމަށް މިއަދު އިއްވި ހައްޖު ހުތުބާގައި ގޮވާލައްވައިފި އެވެ.
Advertisement

މަސްޖިދުއް ނަމީރާގައި އިއްވެވި މިއަހަރުގެ ހައްޖުގެ ހުތުބާ އިއްވައިދެއްވީ އަލް މަސްޖިދުލް ހަރަމްގެ އިމާމް މަހާރް އަލް މުއައިގަލީ އެވެ.

ހައްޖު ހުތުބާ ފަށަމުން ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ތަގުވާވެރިވުމަށް ގޮވާލައްވާފަ އެވެ. އަދި ދުނިޔޭގެ ޒީނަތްތެރިކަމަށް ނުހެއްލުމަށާއި މާތް ﷲ އަށް ތަގުވާވެރިވާ މީހުންނަށް ދެ ދުނިޔޭގައި ހެޔޮ ގޮތް މާތް ﷲ މިންވަރު ކުރައްވާނެކަމަށް ހުތުބާގައި ބުންޏެވެ. އަދި ﷲ އަށް ތަގުވާވެރިވާ މީހުންނަށް ލުއި ފަސޭހަ ގޮތްތައް މިންވަރުކުރައްވާނެކަމަށްވެސް ހުތުބާގައިވެ އެވެ.

your imageހައްޖު ހުތުބާ އަޑުއެހުމަށް މަސްޖިދުއް ނަމީރާއަށް ހައްޖުވެރިން ޖަމާވެ


ހުތުބާގައި ބުނީ އިސްލާމްދީނުގެ ފަސް ރުކުނަށާއި އީމާންކަމުގެ ހަ ރުކުނަށް ފުރިހަމައަށް އީމާންވުމަށްވެސް އިސްލާމީ އުއްމަތަށް ހަނދާންކޮށްދޭ ކަމަށެވެ. އަދި މުޅި ދުނިޔެއަށްވެސް ވަބާއެއްގެ ގޮތުގައި ކުރިމަތިވެފައިވާ މަސްތުވާތަކެއްޗާއި ބަނގުރަލާ ދުރުހެލިވުމަށާއި، އެފަދަ ނުބައި އެންމެހާ އަމަލުތަކުން ދުރުހެލިވެ ސާފުތާހިރު މީހެއްގެ ގޮތުގައި ދުނިޔޭގެ ދުވަސްތައް ހޭދަކުރުމަށްވެސް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.

މީގެ އިތުރުން އެއް ބަޔަކު އަނެއް ބަޔަކަށް ގެއްލުން ނުދިނުމަށާއި ފުރައްސާރަ ނުކުރުމަށާއި އެކަކު އަނެކަކަށް ނުރުހޭ ނަންނަމުން ނުގޮވުމަށާއި ޖާސޫސް ނުކުރުމަށާއި އެމީހެއްގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށްވެސް ހައްޖު ހުތުބާގައި ވަނީ ގޮވާލައްވާފަ އެވެ.

your imageހައްޖު ހުތުބާ އަޑުއެހުމަށް މަސްޖިދުއް ނަމީރާ ސަރަހައްދަށް ހައްޖުވެރިން ޖަމާވެ


ޑރ. މުއައިގަލީ ދެއްވި ހުތުބާގައި ފަލަސްތީނުގެ މުޅި ރައްޔިތުންނާއި ހާއްސަކޮށް ގާޒާގެ ރައްޔިތުން އިސްރާއީލުގެ އިސްތިއުމާރާއި އަނިޔާވެރިކަމުގެ ސަބަބުން އުޅެންޖެހިފައިވާ ގިލަންވެރި ހާލަތަށް ބައްލަވާލައްވައި ގާޒާގެ ރައްޔިތުން އަނިޔާވެރިކަމުން ސަލާމަތްކުރުމަށް ގޮވާލައި ދުއާކުރެއްވި އެވެ. އަދި، ގާޒާގެ ރައްޔިތުންނަށް ހުރިހާ ގޮތަކުން ވެސް އެހީތެރިވުމަށް މުސްލިމުންނަށް އިލްތިމާސްކުރެއްވި އެވެ.
"ކާނެ އެއްޗެއް އަދި ލާނެ އަންނައުނެއް ނެތް ހާލުގައި ތިބި ފަލަސްތީންގެ ރައްޔިތުންނަށް ހެޔޮ ދުއާކުރައްވާ، މުޅި އިސްލާމީ އުންމަތުގެ ކަންކަމުގައި އިހްލާސްތެރިވެ މަގާމާއި މަސްއޫލިއްޔަތުގެ ބޭނުން ނަޖާއިޒު ގޮތުގައި ނުހިފުމަށް އިލްތިމާސް ކުރަން " މުއައިގަލީ ވިދާޅުވި އެވެ.

މިއަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް 1.5 މިލިއަނަށްވުރެ ގިނަ ހައްޖުވެރިން ދުނިޔޭގެ އެކިކަންކޮޅުތަކުން ވަނީ މައްކާއަށް ޖަމާވެފަ އެވެ. ރާއްޖެ އިން މި އަހަރު ހައްޖުގެ އަޅުކަމަށް ދިޔަ ހުރިހާ ހައްޖުވެރިން މިހާރު ތިބީ އަރަފާތުގައި ކަމަށާއި އެ އެންމެންގެ ހާލު ރަނގަޅު ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެ އެވެ.
 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް