ads
އިޒްރޭލު ސިފައިންތަކެއް ފަލަސްތީނުގެ ގާޒާގައި ހަރަކާތްތެރި ވަނީ: މި ސިފައިންގެ އަނިޔާވެރިކަން ވަނީ ހައްދުން ނައްޓަާފަ
ހަމާސް އަތްދަށުވެ އިޒްރޭލު ސިފައިންތަކެއް މަރުވެއްޖެ
އިސްރާއީލުން ފަލަސްތީނުގެ ގާޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކާއި ދެކޮޅަށް މަސައްކަތްކުރާ ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލު ސިފައިންތަކެއް މަރާލައިފި އެވެ.

ހަމާސްގެ ޖަމާއަތުން އިއްޔެ ދިން ވަރުގަދަ ހަމަލާއެއްގައި އިސްރާއީލް ސިފައިންގެ އަށް މީހަކު މަރުވި ކަމަށް އިޒްރޭލު ސަރުކާރުން މިހާރު ވަނީ އެއްބަސްވެފަ އެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަމަލާތައް ފެށިފަހުން އިޒްރޭލު ސިފައިންނަށް ދިން އެންމެ ގެއްލުން ބޮޑު އެއް ހަމަލާ ކަމަށް އިސްރާއީލްގެ ބޮޑުވަޒީރު ވަނީ ބުނެފަ އެވެ.

އިސްރާއީލްގެ ބޮޑުވަޒީރު ބުނީ ހަނގުރާމައިގައި ހިތް ކުދިކުދިވެ، އަގު އަދާކުރަން ޖެހޭ ފަހަރު ވެސް އަންނާނެ ކަމަށެވެ. އަދި ހަނގުރާމަ ކުރަނީ އިސްރާއީލްގެ ރައްޔިތުންނަށް މުސްތަގުބަލެއް ހޯދައި ދިނުމަށާއި އަސީރުންގެ ގޮތުގައި ގާޒާ އަށް ގެންދިޔަ މީހުން މިނިވަން ކުރަން ކަމަށް އޭނާ ބުންޏެވެ.

ގާޒާގައި އިޒްރޭލު ސިފައިންގެ އަށް މީހުން މަރުވިއިރު އިޒްރޭލުގެ ހަނގުރާމައާ ބެހޭ ކެބިނެޓުގެ ވަޒީރު ބެނީ ގަންޓްޒް މިފަހުން ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. އިސްތިއުފާ ދެމުން އޭނާ ބުނީ ގާޒާގައި ހިންގަމުންދާ ހަނގުރާމައި ގައި ކުރި ހޯދުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުރަސްއަޅަމުން އަންނަ ކަމަށެވެ.

ގަންޓްޒް އިސްތިއުފާއަށް ފާނޑުކިޔާ ނަތަންޔާހޫ ބުނީ އިސްރާއީލްގެ ސިފައިން ހަނގުރާމައިގެ އަމާޒުތަކަށް ވާސިލް ނުވެ، ހުއްޓާނުލާނެ ކަމަށެވެ. އަދި ހުރިހާ ވެސް ވިސްނުމަކީ ކާމިޔާބު ހޯދުން ކަމުގައި އޭނާ ބުންޏެވެ. ގޮންޖެހުންތަކާ އެކީގައި ވެސް ކާމިޔާބީ އާ ހަމައަށް ވާސިލްވަންދެން ހަނގުރާމަ ކުރުމުގައި ދެމިތިބޭނެ ކަމަށް ވެސް އޭނާ ބުންޏެވެ. 

އަސްކަރިއްޔާއިން ބުނީ މި ހަމަލާ ދިނީ ހަމާސްގެ ހަނގުރާމަވެރިންނާއި އިޒްރޭލު ސިފައިންނާ ދެމެދު ވަރުގަދައަށް ހަމަލާ ބަދަލުކުރަމުން ގެންދާ، ރަފަހްގެ ސިޓީގެ އެންމެ ދެކުނު ސަރަހައްދުގައި އޮންނަ ތާލް އަލް ސުލްތާން ސަރަހައްދުގައި ކަމަށެވެ.

އިޒްރޭލުން ގާޒާ އަށް އަރައިގަނެ ހަމަލާތައް ދޭން ފެށި ފަހުން މިހާތަނަށް އިޒްރޭލު 310 ސިފައިން ވަނީ މަރުވެފަ އެވެ. ގާޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތް ނައްތައިލުމަށް ކަމަށްބުނެ މީގެ އަށް މަސް ކުރިން އިސްރާއީލު ފައުޖުތަކުން ގާޒާގެ އާންމުންނަށް އަމާޒުކޮށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 37،200 މީހުން ޝަހީދުކޮށްލައިފައިވާ ކަމަށް ގާޒާގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް