ads
ދިރާގު އީދު ބޮނޑިބަތް ހަރަކާތް: އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެ ކުންފުނިން ވަނީ ބުނެފައި - ފޮޓޯ:ދިރާގު
މި އަހަރުގެ ދިރާގު އީދު ބޮނޑިބަތަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް!
މި އަހަރުގެ ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން މިއަދު އެ ކުންފުނިން ކުރިއަށް ގެންދިޔަ ދިރާގު އީދު ބޮނޑިބަތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ދިރާގުން ބުނެފި އެވެ.
Advertisement

ދިރާގުން ބުނީ މިއަދުގެ އީދު ނަމާދަށް ފަހު "ދިރާގު އީދު ބޮނޑިބަތް" ހަރަކާތް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ހުޅުމާލޭގައި ދިރާގުން އީދު ބޮނޑިބަތް ހަރަކާތް ބާއްވާފައި ވަނީ ހޮސްޓިން ޕާޓްނަރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެންނެވެ. އަދި މާލެ އާއި ވިލިމާލޭގައި އީދު ބޮނޑިބަތް ކުރިއަށް ގެންދިޔައީ މާލެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އާ ގުޅިގެންނެވެ. މިއީ ދިރާގުން އީދު ބޮނޑިބަތް މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ދެވަނަ އަހަރެވެ.

"ދިރާގު އީދު ބޮނޑިބަތަށް މިފަހަރު ވެސް އާންމުންގެ ފަރާތުން ލިބުނު ހޫނު ތަރުހީބަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޟްހާ އީދަކީ އަޅުގަނޑުމެންގެ މުޖުތަމައުތަކުގައި ވަރަށް ހާއްސަ އިސްކަމެއްދީގެން އުފާފާޅުކުރުމުގެ ހަރަކާތްތަކެއް ކުރިއަށްގެންދާ ދުވަސްވަރަކަށްވާއިރު، މުޖުތަމައުގައި ޒަމާނުއްސުރެ އޮންނަ އިޖުތިމާއީ ރޫހު އާލާކުރުވާ މިފަދަ ހަރަކާތްތަކަށް ރާވާ ހިންގުމަކީ އަޅުގަނޑުމެން ވެސް ވަރަށް އަހައްމިއްޔަތުކަން ދޭ ކަމެއް،" ދިރާގުގެ މެނޭޖަ ޕަބްލިކް ރިލޭޝަންސް ޖައިޝަން ހަމީދު ވިދާޅުވި އެވެ.

your imageދިރާގު އީދު ބޮނޑިބަތް ހަރަކާތް: އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެ ކުންފުނިން ވަނީ ބުނެފައި - ފޮޓޯ:ދިރާގު

ދިރާގު އީދު ބޮނޑިބަތް ހަރަކާތުގެ އިތުރުން ދިރާގުން އެޗްޑީސީ އަދި މާލޭ ސިޓީ ކައުންސިލާއި މާލޭ ސިޓީ ޑަބްލިއުޑީސީ އާ ގުޅިގެން މިއަދާއި މާދަމާ މާލެ ސިޓީ ސަރަހައްދުގައި އީދުގެ ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން އެ ކުންފުނިން ވަނީ އެކި ރަށްރަށުގެ ރަށު ކައުންސިލުތަކާއި ޒުވާނުންގެ ޖަމިއްޔާތަކާ ގުޅިގެން މާލޭގެ ދެކުނުން ފެށިގެން އުތުރުގެ އެކި ރަށްރަށުގައި ތަފާތު އީދު ކުޅިވަރުތައް ބޭއްވުމަށް އެއްބާރުލުންދީފަ އެވެ.   

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އާންމުންނަށް ތަފާތު ގިނަ އިޖުތިމާއީ ހަރަކާތްތައް ގެނެސްދީ އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ މުއްސަނދިކޮށްދިނުމަށް ކަމުގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް