ads
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު އީދު ފާހަގަކުރަން ކުރިއަށްދާ އީދު ހަރަކާތްތައް ދިރާގުން ވަނީ ގުޅުވައިދީފައި - ފޮޓޯ:ދިރާގު
އެކި ކަންކޮޅުތަކުގައި ބާއްވާ އީދު ހަރަކާތްތައް ގުޅުވައިދިނުމުގައި ދިރާގު!
މި އަހަރުގެ ބޮޑު އީދު ފާހަގަކުރަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ އީދު ހަރަކާތްތައް ދިރާގުން ގުޅުވައިދީފި އެވެ.

ދިރާގުން ބުނީ އީދުގެ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ހިނގަމުންދާ އީދު ހަރަކާތްތައް ގުޅުވައިދީ ބޭއްވުމުގައި އެ ކުންފުނިން ވަނީ އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ.

އެ ކުންފުނީގެ ބޮޑު އީދު ހަރަކާތްތަކުގެ ތެރެއިން ގައުމީ ފެންވަރުގައި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތިން ރަށް ކަމަށްވާ ރ. އުނގޫފާރު، ގއ. ވިލިނގިލި އަދި ދ. ކުޑަހުވަދޫއަށް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް ދިރާގުން ބުނެ އެވެ. ދިރާގުން ބުނެފައި ވަނީ ރާއްޖޭގެ ދެކުނުން އުތުރަށް ގިނަ ރަށްތަކެއްގެ އީދު ހަރަކާތްތަކުގައި އެ ކުންފުނީގެ ބައިވެރިވުން ފެނިގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީ، ގއ. ކޮލަމާފުށި، ހއ. ވަށަފަރު، އދ. ދަނގެތި، ފ. ފީއަލި އަދި ދ. ހުޅުދެލި ހިމެނޭ ކަމަށް އެ ކުންފުނިން ބުނެ އެވެ. ދިރާގުގެ އެހީތެރިކަމާ އެކު މި ރަށްރަށުގައި ސަގާފީ ގިނަ ހަރަކާތްތަކުގެ އިތުރުން ކުޅިވަރު ހަރަކާތްތައް ވެސް ކުރިއަށް އެބަދެ އެވެ.

"އަޟްހާ އީދަކީ ރާއްޖޭގައި އަބަދުވެސް ވަރަށް ފޯރިގަދަކަމާ އެކު ގިނަ ހަރަކާތްތަކެއް ބާއްވަމުން އަންނަ ދުވަހެއް. އެހެންކަމުން ދިވެހި މުޖުތަމައުގެ ތެރޭގައި އޮންނަ ޒަމާންވީ އެއްބައިވަންތަ ކަމުގެ ރޫހު އާލާކުރުމަށް އެކި ރަށްރަށުގައި ބާއްވާ މި ހަރަކާތްތަކަށް ދިރާގުން އަބަދުވެސް އެއްބާރުލުން ދޭން މަސައްކަތް ކުރަމުން ދާނަން،" ދިރާގުގެ މެނޭޖަ ޕަބްލިކް ރިލޭޝަންސް ޖައިޝަން ހަމީދު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި އީދު ފާހަގަކުރުމަށް ދިރާގުން ވަނީ މާލެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އާ ގުޅިގެން މިއަދު ހެނދުނު އީދު ބޮނޑިބަތް ހަރަކާތް ބާއްވާފަ އެވެ. އަދި މިއަދު ހަވީރު އާޓިފިޝަލް ބީޗުގައި 'އީދު މަޖާ' ނަމުގައި ކުޑަކުދިންގެ ހަވީރެއް ކުރިއަށްދާނެ އެވެ. މި ހަވީރުގެ ޕާޓްނަރެއްގެ ގޮތުގައި އެޑްވެންޗަ އަޕް ވެސް ހަރަކާތްތެރިވާނެ އެވެ. މީގެ އިތުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް "މައިހުޅުމާލެ އީދު އުފާ 2024" ގެ ނަމުގައި ހުޅުމާލޭގައި ތަފާތު ސަގާފީ ކުޅިވަރުތަކާއި ދިރާގު އީދު ބޮނޑިބަތް އަދި ކުޑަކުދިންގެ ހަވީރު ފަދަ ހަރަކާތްތައް އެބަ ކުރިއަށްދެ އެވެ.

ދިރާގުން ވަނީ މެދުކެނޑުމަކަށްފަހު އެ ކުންފުނީގެ އީދު ޝޯ ހުނަރުވެރި ދިވެހި މިއުޒިޝަނުންގެ ލައިންއަޕަކާ އެއްކޮށް ބޭއްވުމަށް ހަމަޖައްސާފަ އެވެ. މި ޝޯ އޮންނާނީ މާދަމާ ރޭ 8:00 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. ދިރާގުން ބުނި ގޮތުގައި މި ޝޯގެ ތެރެއިން އެ ކުންފުނީގެ "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވުން އޮންނާނެ ކަމުގަ އެވެ. 

އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ސަގާފީ އަދި އިޖުތިމާއީ ތަފާތު ހަރަކާތްތަކަށް އެއްބާރުލުންދީ، އެއްބައިވަންތަކަމުގެ އިހުސާސް އާލާކޮށް، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުން އިތުރަށް މުއްސަނދި ކުރުމަށް ކަމަށް ދިރާގުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް