ads
މާލޭގައި މިރޭ ރޯކޮށްލި ސައިކަލްތަކެއްގެ ކައިރީގައި އެމްއެންޑީއެފްގެ ފަޔާ ފައިޓަރެއް މަޑުކޮށްލައިގެން: ފަސް ސައިކަލެއްގައި ރޯވެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި.---ފޮޓޯ: އެމްއެންޑީއެފް
ހެންވޭރުގައި ހުރި ސައިކަލުތަކެއްގައި ރޯވެ، ބޭނުންނުކުރެވޭ ވަރަށް އަނދައިފި
މާލޭގެ ހެންވޭރުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ރޯވެ، ބޭނުންނުކުރެވޭ ވަރަށް މިރޭ އަނދައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ، މި ހާދިސާގެ ރިޕޯޓް ލިބުނީ މިރޭ 12:37 ހާއިރު ހާއިރު ކަމަށާއި އެއާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން އެ ސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގައި ހަަރަކާތްތެރިވި ކަމަށެވެ.

އަދި އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ސައިކަލުތަކުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ މިރޭ 12:42 ހާއިރު ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ސައިކަލްތަކުގައި ރޯކޮށްލި ވަގުތު ވަރަށް ބޮޑަށް މުޅި ސަރަހައްދަށް ހުޅުގަނޑު ފެތުރިފައި ހުއްޓެވެ. އަދި ބައެއް މީހުން އަލިފާންގަނޑު ނިއްވުމަށް މަސައްކަތް ކުރާތަން ވެސް ފެނެ އެވެ. 

އަލިފާނުގެ ހާދިސާ ހިނގީ ހެންވޭރުގެ ކާނިވާ ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑު ކައިރީގައި އޮންނަ މެހެލި ގޯޅި ތެރޭގައެވެ.

އެ ހާދިސާގައި ފަސް ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށާއި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި އެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ކުރިމައްޗަށް އޮންނަ ޕާކިން ޒޯނު ނުވަތަ ގްރީ ޒޯން ސަރަހައްދުގައި ހުރި ސައިކަލްތަކެއްގައި ވެސް މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ ފަތިހު ރޯކޮށްލި އެވެ. އޭގެ ތެރެއިން ތިން ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އެނދި އެވެ. 

އެ މައްސަލަ ތަހުގީގުކޮށް، 36 އަހަރުގެ މީހަކު ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ.


0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް