ads
އުރީދޫގެ ފުޓުބޯޅަ ފޯރި ކެމްޕެއިން ތައާރަފުކުރަން ބޭއްވި އިވެންޓުގެ ތެރެއިން - ފޮޓޯ:އުރީދޫ
އުރީދޫން ޔުއެފާ ޔޫރޯ ސޮނީ ލިވް އިން ބަލާލަން 250 ރުފިޔާއަށް 250ޖީބީ ޑޭޓާ
އުރީދޫ މޯލްޑިވްސްގެ ފުޓުބޯޅަ ފޯރި ކެމްޕެއިންގެ ދަށުން ޔުއެފާ ޔޫރޯ 2024 ސޮނީ ލިވް މެދުވެރިކޮށް ފަސޭހަކަމާ އެކު ބެލޭނެ ހާއްސަ ޕެކްއެއް ތައާރަފުކޮށްފި އެވެ.

އުރީދޫން ބުނީ ސޮނީ ލިވްއަށް ހާއްސަ މި ޕެކް އާއެކު، އެންމެ 250 ރުފިޔާއަށް ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރިމިއަމް މެމްބަޝިޕްގެ އިތުރުން 250ޖީބީ ހިލޭ ޑޭޓާ 30 ދުވަހުގެ ވެލިޑިޓީ އާއެކު ލިބޭނެ ކަމަށެވެ. މި ހާއްސަ އޮފާގެ ސަބަބުން ކަސްޓަމަރުންނަށް ޑޭޓާ ލިމިޓްގެ ކަންބޮޑުވުމެއް ނެތި ސޮނީ ލިވްއިން ޔުއެފާ ޔޫރޯގެ ހުރިހާ މެޗެއް ލައިވްކޮށް ސްޓްރީމް ކުރެވޭނެ ކަމަށް އުރީދޫން ބުނެ އެވެ.

your imageއުރީދޫން ޔުއެފާ ޔޫރޯ ސޮނީ ލިވްއިން ބަލާލަން 250 ރުފިޔާއަށް 250ޖީބީ ޑޭޓާ - ފޮޓޯ:އުރީދޫ

ސޮނީ ލިވް ޕެކްސް އާއެކު ފުޓްބޯޅައަށް ޝައުގުވެރިވާ ފަރާތްތަކަށް ޔުއެފާ ޔޫރޯ 2024 ގެ ހުރިހާ މެޗެއް ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ފޯނު، ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓް ޓީވީ މެދުވެރިކޮށް ބެލޭނެ އެވެ. އުރީދޫން ބުނެފައި ވަނީ މި ޕެކޭޖާ އެކު މުބާރާތުގެ ލައިވް ބްރޯޑްކާސްޓްތައް މެދުނުކެނޑި ސްޓްރީމް ކުރުމުގެ އިތުރުން 40،000 އަށް ވުރެ ގިނަ ގަޑިއިރުގެ ޝޯތައް ފެނިގެންދާނެ ކަމަށެވެ. 

އެކްސްކްލޫސިވް ލިވް އޮރިޖިނަލްސްއިން ފެށިގެން އިންޓަނޭޝަނަލް ސީރީޒް އާއި ސޮނީ ޓީވީގެ ހުރިހާ ޝޯއެއް އަދި ލައިވް ސްޕޯޓްސް ވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފެންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ޕެކް އާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ނުވަތަ ސަބްސްކްރައިބް ކުރުމަށް އުރީދޫ ވެބްސައިޓް ނުވަތަ ސުޕަ އެޕް ހިޔާރު ކުރުމަށް އުރީދޫން އެދެ އެވެ. އުރީދޫން ބުނި ގޮތުގައި ސޮނީ ލިވް ޕެކްތަކާ އެކު ޔުއެފާ ޔޫރޯ 2024 ގެ އުފާވެރިކަމާއި ފުޓުބޯޅަ ފޯރި ކަސްޓަމަރުންގެ މެދުގައި އިތުރު ވާނެ ކަމަށް އުންމީދު ކުރާ ކަމުގަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް