ads
ދިރާގު އީދު ޝޯ ގެ ތެރެއިން ވިން އަ ޓެސްލާ ޕްރޮމޯޝަނުގެ ނަސީބުވެރި ފަރާތް އިއުލާނު ކުރާނެ - ފޮޓޯ:ދިރާގު
ދިރާގު އީދު ޝޯ އަދި "ވިން އަ ޓެސްލާ" ޕްރޮމޯޝަނުގެ ގުރުއަތު ނެގުން މިރޭ
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ދިރާގު އީދު ޝޯ އަދި އެ ކުންފުނީގެ "ވިން އަ ޓެސްލާ" ޕްރޮމޯޝަނުގެ ގުރުއަތު ނެގުން މިރޭ އޮންނާނެ ކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގުން ބުނީ މި އަހަރުގެ ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން އެ ކުންފުނިން ބާއްވާ މި އީދު ޝޯ އޮންނާނީ މިރޭ 8:00 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށެވެ. މި ހަރަކާތުގެ ހޯސްޓިން ޕާޓްނަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ.

މިރޭގެ ޝޯގެ ތެރެއިން ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ދިރާގުގެ "ވިން އަ ޓެސްލާ" ޕްރޮމޯޝަނުގެ ގުރުއަތު ނަގައި ނަސީބުވެރިއެއް ހޮވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. ދިރާގުން ބުނެފައި ވަނީ ގުރުއަތު ނެގުން ފެށޭނީ މިރޭ 9:00 ޖަހާއިރު ކަމަށެވެ. މި ސެގްމެންޓް ޓީވީއެމް އާއި ޗެނަލް 13 އަދި ދިރާގު ފޭސްބުކް އާއި ޔޫޓިއުބްއިން ލައިވްކޮށް ދައްކާނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނެފައި ވަނީ އީދު ޝޯ އަކީ ހުނަރުވެރި ދިވެހި މިއުޒިކް ފަންނާނުންގެ ލައިންއަޕަކާ އެކު ކުރިއަށްދާ ކުލަގަދަ އިވެންޓަކަށް ވާނެ ކަމަށެވެ. އެގޮތުން ޝޯ ގައި ކުޅޭނީ:

  • ޑީޖޭ އަލީ
  • އީކުއެޓިކް ވައިބް
  • ސްކައިރޮކް
  • ރެވިއޯ
  • ޓްރެފިކް ޖޭމް
  • ސިމްބޮލިކް ރެކޯޑްސް

މިރޭގެ ޝޯގައި ވިމެން އެންޓަޕްރެނިއަސް އެސޯސިއޭޝަން - މޯލްޑިވްސް (ވީއެމް) އަދި މަޝްހޫރު ޝޮޓް ބެވަރޭޖަސް މޯލްޑިވްސްގެ އުފެއްދުންތަކާ އެކު އިންތިޒާމްކުރެވިފައިވާ ހާއްސަ ފުޑް ސްޓްރީޓެއް އޮންނާނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ހިންގާ ތަފާތު އިޖުތިމާއީ ހަރަކާތްތަކަށް އެއްބާރުލުންދީ، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުން އިތުރަށް މުއްސަނދި ކުރުމަށް ކަމުގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް