ads
ޖިންސީ އަނިޔާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން -- ސަން ފައިލް ފޮޓޯ
ކުޑަ އަންހެން ކުއްޖެއްގެ ބަރަހަނާ ފޮޓޯ ލީކުކުރުމުން 1800ރ ގެ ހުކުމެއް
ފޭސްބުކް މެދުވެރިކޮށް އުމުރުން އެންމެ 13 އަހަރުގެ އަންހެން ކުއްޖެއްގެ ފޮޓޯ އެހެން މީހަކަށް ފޮނުވި މީހަކު 1800 ރުފިޔާއިން ޖޫރިމަނާކުރަން ހދ. ނޮޅިވަރަމްފަރު ކޯޓުން ހުކުމްކޮށްފި އެވެ.

އީދު ބަންދުގެ ކުރިން ނޮޅިވަރަމްފަރު ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އަހްމަދު ކުރި މި ހުކުމަކީ، 2018 ވަަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖެއްގެ ބަރަހަނާ ފޮޓޯ ފޭސްބުކް ބޭނުންކޮށްގެން ހޯދައި، ނޮޅިވަރަން، މީހަކު، ފޭސްބުކުން އެހެން މީހަކަށް ފޮނުވި މައްސަލަ އެވެ. 

މި މައްސަލައިގެ ޝަރީއަތުގައި އެ މީހާވަނީ އެ ކަން ކުރި ކަމަށް އިއުތިރާފުވެފައެވެ. އަދި ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމުގެއް ދަށުން ލުއި އަދަބަކަށް އޭނާ އެދުނެވެ. 

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މި މީހާގެ ހާޑު ޑިސްކުން 80 އަށްވުރެ ގިނަ އޮރިޔާން ވީޑިއޯ ފެނިފައިވެއެވެ. 

ދައުލަތުން މި މީހާގެ މައްޗަށް އުފުލާފައިވަނީ ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެެ. މި ދައުވާގެ ހުކުމަކީ އެންމެ ނުވަ ދުވަހުގެ ޖަލު ހުކުމެވެ. 

މި މައްސަލައިގައި އިއުތިރާފު އެއްބަސްވުމަށް ރިއާޔަތްކޮށް، އެ މީހާގެ މައްޗަށް ކުރި ނުވަ ދުވަހުގެ ހުކުމް، އިސްމެޖިސްޓްރޭޓްވަނީ 1800 ރުފިޔާގެ ޖޫރިމަނާއަަކަށް ބަދަލުކޮށްދީފައެވެ. މި މައްސަލަ ނިންމާފައިވަނީ ޖޫން މަހުގެ 11 ވަނަ ދުވަހު އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް