ހޫނު ގަދަވެ 19 ހައްޖުވެރިޔަކު މަރުވެއްޖެ
މުހައްމަދު އާދަމް އަހްމަދު
18 ޖޫން 2024 - 13:47:45
ހޫނު ގަދަވުމުގެ ސަބަބުން މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަމުން ދިޔަ 19 ހަޖީއަކު މަރުވެއްޖެއެވެ.
މަރުވީ ހާޖީންގެ ތެރޭގައި ގިނައީ އުރުންގެ ރައްޔިތުންނެވެ. އެ ގައުމުގެ 14 މީގަކު ހޫނު ގަދަވުމުގެ ސަބަބުން މަރުވެފައިވާކަމަށް ސައުދީން ބުނެއެވެ. ދެން މަރުވެފައިވަނީ އިރާނަށް ނިސްބަތްވާ 5 މީހެކެވެ. މި 19 މީހުން މަރުވެފައިވަނީ ހޫނު ގަދަވުމުގެ ސަބަބުން ހީޓް ސްޓްރޯކް ޖެހިގެންނެވެ. ހައްޖުގެ އަޅުކަން އަދާކުރަމުންދިޔަ 17 މީހަކު ގެއްލިގެން އަންނަނީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މައްކާގައި އިއްޔެ ހޫނުމިން 51.8 ޑިގްރީ ސެލްސިއެސްގައެވެ. އެހެންވެ މީހުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ ގޮވާލާފައެވެ. އެގޮތުން ދުވާލުގެ 11:00 ހަވީރު 4 އަކާއި ދެމެދު ޓެންޓްތަކުން ނުނިކުންނަށް ވަނީ އަންގާފައެވެ.
މި އަހަރުގެ ހައްޖުގައި 1.8 މިލިއަން މީހުން ވަނީ ބައިވެރިވަފެއަވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް