މިރޭ ރާއްޖޭ ގަޑިން 12 ޖަހާއިރު ކުޅޭ މެޗުގައި ޕޯޗުގަލް ނުކުންނާނީ، ޗެކްރިޕަބްލިކާ ދެކޮޅަށެވެ. ޕޯޗުގަލް އިން ވަނީ އެންމެ ފަހުން ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފަ އެވެ.
ޔޫރޯ ކޮލިފިކޭޝަނުގައި ޕޯޗުގަލްއަކީ އެންމެ ކާމިޔާބު ޓީމެވެ. އެ މީހުންވަނީ މެޗަކުން ބަލިނުވެ، ކޮލިފިކޭޝަން ނިންމާލައިފަ އެވެ. ކޮލިފިކޭޝަނުގައި އެ ޓީމުން ވަނީ 36 ގޯލު ޖަހައިފަ އެވެ. މިއީ، މި ފަހަރުގެ ކޮލިފިކޭޝަނުގައި ޓީމަކުން ކާމިޔާބުކުރި އެންމެ ގިނަ ގޯލުވެސް މެ އެވެ.
ޕޯޗުގަލް އިން މިފަހަރުގެ މުބާރާތައް ނުކުންނައިރު, އަދިވެސް އެ ޓީމުގެ ތަރިއަކީ ކްރިސްޓިއާނޯ ރޮނާލްޑޯ, 39 އެވެ. ރޮނާލްޑޯ ވަނީ ކޮލިފިކޭޝަނުގައި އެކަނިވެސް 10 ގޯލު ޖަހައިފަ އެވެ.