ads
ދިރާގުން މީގެކުރިން ބޭއްވި ގޭމިން މުބާރާތެއް: ވޯކް-އިން ގޭމިން ހަރަކާތެއް މިރޭ ބާއްވަން ވަނީ ނިންމާފައި - ފޮޓޯ:ދިރާގު
ދިރާގުން އިންތިޒާމުކޮށްގެން ވޯކް-އިން ގޭމިން ހަރަކާތެއް މިރޭ ބާއްވަނީ
ދިރާގުން އިންތިޒާމުކޮށްގެން ވޯކް-އިން ގޭމިން ހަރަކާތެއް ބޭއްވުމަށް ނިންމައިފި އެވެ.

ދިރާގުގެ އީދު ހަރަކާތްތަކުގެ ތެރެއިން މި ހަރަކާތް ކުރިއަށް ދާނީ މިރޭ 8:00 ފެށިގެން 11:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.

މި ހަރަކާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް އެ ސަރަހައްދަށް ގޮސް ބައިވެރިވުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލާފަ އެވެ.

މި ހަރަކާތުގައި ތިން ގޭމެއް ކުޅުމަށް ހަމަޖެހިފައިވާ ގޭމްތަކަކީ ރޮކެޓް ލީގު، ޓެކެން އަދި އީއޭއެފްސީ 24 އެވެ.

ދިރާގު އީދު ޝޯ ޑައުންގެ ޓައިޓަލް "ކިންގް އޮފް ދަ ހިލް" ލިބޭނީ މިއިން ކޮންމެ ގޭމަކުން ވެސް ޖެހިޖެހިގެން ތިން މެޗް ކާމިޔާބު ކުރާ ފަރާތަކަށެވެ. ތިން މެޗް ކާމިޔާބު ކުރާ ފަރާތަކަށް ދިރާގުން ވަނީ ފައިސާގެ އިނާމެއް ހުށަހަޅާފަ އެވެ.

މިއީ ގޭމް ކުޅޭ ފަރާތްތަކަށް ހާއްސަކޮށް މުޅި އަހަރަށް ބަހާލައިގެން ދިރާގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އީސްޕޯޓްސް މުބާރާތްތަކުގެ ތެރެއިން މުބާރާތެކެވެ.

މި އަހަރުގެ މިހާތަނަށް ދިރާގުން ވަނީ މޮބައިލް ލެޖެންޑްސް، އީއޭއެފްސީ، ޓެކެންގެ މުބާރާތްތައް ބާއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް