ރައީސް އޮފީހުން ބުނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސް ކަނޑައަޅަން ރައީސަށް މަތިކޮށްފައިވާ މަސްއޫލިއްތުގެ ދަށުން، ހުޅުދުއްފާރުގެ އިހުތިސާސަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި އެ ގަރާރު މިހާރު ވަނީ ގެޒެޓްގައި ޝާއިއުކޮށްފަ އެވެ.
އޭގެ ތެރެއިން، އެ ރަށުގެ ބައެއްގެ ގޮތުގައި، ރައީސް މުއިއްޒު ގާއުނޑޫދޫ ހަމަޖައްސަވާފައިވާ ކަމަށް ބުންޏެވެ. އެ ގޮތަށް އެކަން ކުރެއްވުމަކީ އެ މަނިކުފާނުގެ ވައުދެއް ވެސް މެ އެވެ.
މީގެކުރިން، ރައީސް 2020 ވަނަ އަހަރު ނެރެއްވި ގަރާރަކުން ހުޅުދުއްފާރުގެ އިޚްތިޞާޞް ކަނޑައެޅުއްވިއިރު، ހުޅުދުއްފާރުގެ އިހުތިސާސްގައި ގާއުނޑޫދޫ ހިމަނުއްވާފައި ވެއެވެ. އެހެންނަމަވެސް، ސިނާއީ ބޭނުމަކަށްޓަކައި ހުޅުދުއްފާރުގެ އިހުތިސާސްއިން ގާއުނޑޫދޫ އުނިކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 25 ވަނަ ދުވަހު އެވެ.
އަދި މާޅޮސްމަޑުލު އުތުރުބުރި ހުޅުދުއްފާރުގެ އިހުތިސާސްއިން ގާއުނޑޫދޫ ވަކިކުރެވި ބޭނުންކުރެވެމުންދިޔައީ ސިނާއީ މަސައްކަތަކަށްޓަކައި މިނިސްޓްރީ އޮފް އެގްރިކަލްޗާގެ ބެލުމުގެ ދަށުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;