މި ޕްރިގްރާމާ ގުޅޭ ގޮތުން ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ބުނީ ޕްރޮގްރާމަކީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން މަރުކަޒު ކުރެވިފައިވާ ފަރާތްތަކަށް އިޖުތިމާއީ ހަރަކާތްތައް ހިމެނޭހެން ފޯރުކޮށްދޭ މައުލޫމާތު ސެޝަންތަކެއް ކަމަށެވެ.
އެގޮތުން ޕްރޮގްރާމްގެ ތެރެއިން އެކި ދާއިރާތަކުގައި މަސައްކަތްކު ރައްވާ ފަންނީ ބޭފުޅުން މައުލޫމާތު ދެއްވާ އިރު، ޕްރޮގްރާމް ހިންގުމުގެ މަގްސަދަކީ ގުރައިދޫ މަރުކަޒުގައި ފަރުވާ ހޯދާ އިސްރަށްވެހިން މުޖުތަމައު އަށް ނެރުމަށް އަހުލުވެރި ކުރުވުމާއި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް އެހީތެރިވުން ކަމަށް މިނިސްޓްރީން ބުންޏެވެ.
މިއަދި ބޭއްވި ސެޝަންގައި މައުލޫމާތު ދީފައި ވަނީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކޮންމެ ދުވަހަކު ކުރެވޭނެ ކަސްރަތުތަކާއި މިންހެޔޮ ކާނާގެ އިތުރުން ނަފްސާނީކޮށް ދުޅަހެޔޮކޮށް ތިބުމުގައި އަހަންމިއްޔަތުކަން ދޭންވީ ކަންތައްތަކަށް ކަމަށެވެ.
އެ ސެޝަންގައި ނަރުހުންނާއި ސޯޝަލް ވޯކަރުން މައުލޫމާތު ދީފައިވާއިރު، 60 އިސްރަށްވެހިން މިއަދުގެ ސެޝަންގައި ބައިވެރިވެފައި ވެއެވެ.
ގުރައިދޫ މަރުކަޒުގައި ފަރުވާ ހޯދާ މީހުން ދުޅަހެޔޮ ސިއްހަތެއްގައި ދެމެހެއްޓުމަށް އެ ވުޒާރާސަރުކާރުން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.