ފުލުހުން ބުނީ ޔަލްވީ ފެނުނީ ރޭގެ ވަގުތެއްގައި މާލެއިން ކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށެވެ.
މީ ޔަލްވީ ގެއްލުނު ދެ ވަނަ ފަހަރެވެ. މީގެ ކުރިން މިދިޔަ ފެބްރުއަރީމަހު 16 ވަނަ ދުވަހުވެސް ޔަލްވީ ގެއްލިގެން ހޯދަން ފުލުހުން އިއުލާންކުރިއެވެ. އެފަހަރު ޔަލްވީ ހަމަ އެދުވަހު އަމިއްލައަށް އެނބުރި ގެއަށް ގޮސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފަހަކަށް އައިސް 18 އަހަރުން ދަށުގެ ކުދިން އާއިލާއަށް ގެއްލިގެން ހޯދަމުން އަންނަވަރު ވަނީ އިތުރުވެފައެވެ.