ads
ވެއްޓުނު މީހާ ކައިރީގައި ބަޔަކު ހަރަކާތްތެރިވަނީ ފޮޓޯ: ސީއެންއެމް
ހިޔާ ޓަވަރުން މީހަކު ވެއްޓި ޒަހަމް ވެއްޖެ
ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރު 8 ން މީހަކު ވެއްޓި ޒަހަމް ވެއްޖެ އެވެ.
Advertisement

ފުލުހުން ބުނިގޮތުގައި އެޗް8 މީހަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ ހެނދުނު 8:32 ހާއިރު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ވެއްޓިފައިވަނީ ހިޔާގެ 8 ވަނަ ޓަވަރުންނެވެ. 

ސީއެންއެމް އަށް އެންގިފައިވާ ގޮތުގައި އެ މީހާ ވެއްޓިފައިވަނީ 14 ވަނަ ބުރިންނެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މިއަދު ހެނދުނު 08:32 ހާއިރު ހިޔާ ޓަވަރު 8 އިން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެެވެ. 

ފުލުހުން ފާހަގަ ކުރި ގޮތުގައި އެ މީހާ ވަނީ މިހާރު ހުޅުމާލެ ހޮސްޕިޓަލް އަށް ގެންގޮސްފައި ކަމަށާއި މިކަމާއި ގުޅިގެން ކުރަން ޖެހޭ ތަހުގީގުތައް ކުރަމުން އަންނަ ކަމަށެެެވެ. 

ފުލުހުން ބުނީ އޭނާ ހޮސްޕިޓަލް އަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމުގަ އެވެ

25%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް