މިއަދު އަމަލުކުރަން ފެށި ޖެނެރޭޝަނަލް ބޭންގެ ސަބަބުން 1 ޖެނުއަރީ 2007 ން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތް ގަނެވިއްކުންވެސް މަނާވާނެ އެވެ.
ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ ފާހަގަކުރަން ގެންދާ 24 ގަޑިއިރުގެ ދުވުން "ނެޝެނަލް ޓޯޗް ރަން" ގެ ތެރެއިން
މިކަން ފާހަގަ ކުރުމަށް އެޑިުކޭޝަން މިނިސްޓްރީން އިސްނަގައިގެން މިއަދު ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 'ކިޑްސް ކާނިވަލް' ނަމުގައި ކުރިޔަށްދާ ކުޑަކުދިންގެ މި ހަވީރު އޮންނާނީ ހުޅުމާލޭ ސެންޓަރަލް ޕާކުގައެވެ. ހަވީރު ކުރިޔަށް ދާނީ ހަވީރި 16:00 އިން އިރު އޮއްސި 18:00 ޖެހުމާއި ހަމައަށެވެ.
ޖެނެރޭޝަނަލް ބޭން ފާހަގަކުރަން ބައެއް ރަށްރަށުގައި ހިންގި ހަރަކާތްތަކުގެ ތެރެއިން
ޖެނެރޭޝަނަލް ބޭންއާ ގުޅިގެން މާލޭގައި އިއްޔެ ހަވީރުން ފެށިގެން 24 ގަޑިއިރު ދުވުމެއް ދަނީ ކުރިއަށެވެ. އަދި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި އިއްޔެ ހަވީރު ވަނީ ހިނގާލުންތައް ކުރިއަށް ގެންގޮސްފައެވެ.
ޖެނެރޭޝަނަލް ބޭން ފާހަގަކުރަން ބައެއް ރަށްރަށުގައި ހިންގި ހަރަކާތްތަކުގެ ތެރެއިން
ދުންފަތް އިސްތިއުމާލުކުރުމުގެ ތެރެއަށް މީހުން ވަނުން ހުއްޓުވަން، ވަކި އަހަރެއްގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތް މަނާވާ ގޮތަށް "ޖެނެރޭޝަނަލް ބޭން"އެއް ކަނޑައެޅުމަށް ފާސްކުރުމާ އެކު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ، އެއީ ޖެހިލުންކުޑަ ނިންމުމެއް ކަމަށް ބުނެ އެކަމަށް މަރުހަބާ ކިޔާފަ އެވެ.