ads
ޝަމީމް
ކުދިން ކުށްކުރުމުން ދުރުކުރުމަށް މާހައުލު ބަދަލުކުރަން ޖެހޭ: ޝަމީމް
ކުޑަކުދިން ކުށްކުރުމުން ދުރުހެލިކުރުމަށްޓަކައި ކުރަންވީ އެއްކަމަކީ ކުށުގެ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން ތިބި މާހައުލު ބަދަލުކުރެވޭތޯ ބެލުން ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
Advertisement

ކުޑަކުދިން ކުށްކުރުމުން ދުރުކުރުމަށް ކުރަންވީ ކުށުގެ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން ތިބި މާހައުލު ބަދަލުކުރެވޭތޯ ބެލުން ކަމަށް ޝަމީމް ވިދާޅުވީ، ޝަމީމްގެ އަމިއްލަ ބްލޮގްގައި ލިޔުއްވި މަޒުމޫނެއްގައެވެ. ޝަމީމްއަކީ ޖިނާއީ އަދުލުގެ ނިޒާމް، އަދި އެ ނޫންވެސް އިޖުތިމާއީ މައްސަލަތަކަށް އަމިއްލަ ބްލޮގްގައި އިލްމީ ދިރާސީ މަޒުމޫންތައް ލިޔުއްވާ ބޭފުޅެކެވެ.

ޝަމީމް ވިދާޅުވީ ކުށްކުރާ ކުޑަކުދިންގެ މައްސަލައަކީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި އަދި ހައްލެއް ހޯދިފައިނުވާ މައްސަލައެއް ކަމަށެވެ. ގާނޫނު އޮތް ނަމަވެސް ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން ކާމިޔާބަކާ ގާތަށްވެސް އަދިއެއް ނުދެވޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވި ގޮތުގައި ބޮޑެތި މީހުން ކުށްކުރާ ސަބަބުތަކާއި ކުޑަކުދިން ކުށް ކުރާ ސަބަބުތަކާ ތަފާތެވެ. ދިވެހިރާއްޖޭގައި ކުށްކުރާ ކުދިންނާބެހޭ ފުރިހަމަ ދިރާސާއެއް ހެދިފައި ނެތް ނަމަވެސް ސަރުކާރުގެ އިދާރާތަކުން ދެކޭ ގޮތުގައި، ކުށްކުރުމާ ގާތަށް ދެވިދާނެކަމަށް ފެންނަ 200 ވަރަކަށް ކުދިން ރާއްޖޭގައި އެބަ އުޅޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ރާއްޖޭގެ ކުށްކުރާ މީހުންގެ އާބާދީއަކީ 1500 އާއި 2000 އާ ދެމެދުކަމަށް ބަލައިގެން ހިސާބު ޖަހައިފިނަމަ، މިދެންނެވި 200 ކުދިން މިހާރު އެ ހިނގާމަގު ބަދަލު ނުކުރެވިއްޖެނަމަ، މިއީ ގައުމީ މައްސަލައަކަށް ވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. ސުވާލަކީ، މިމައްސަލަ ހައްލުކުރާނެ ގޮތާބެހޭ ސުވާލެކެވެ. - ޝަމީމް

ޝަމީމް ވިދާޅުވި ގޮތުގައި ކުށްކުރާ ކުދިންނާއި، ކުށަށް ހުށަހެޅިފައިވާ ކުދިންނަށް ފިޔަވަޅު އަޅައި، ފަރުވާދެވޭނެ ނިޒާމުތައް ގާނޫނުގައި މިހާރުވެސް ލިޔެފައި އެބައޮތެވެ. ޝަމީމް ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގައި ކުޑަކުދިން ކުށްކުރާކަމަށް ފެންނަނީ، އެކުދިންގެ މާހައުލުން އެކަމަށް ހިތްވަރު ލިބޭތީ އެވެ.

ކުށަށް ހިތްވަރުލިބޭ މާހައުލެއްގައި ނެތް ކުއްޖަކު ކުށެއް ކޮށްގެން، ޖިނާއީ އަދުލުގެ ނިޒާމުގެ ސަމާލުކަމަށް އައިސްފައެއް ނުވާކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ. ކުޑަކުދިން ކުށްކުރުމުން ދުރުހެލިކުރުމަށްޓަކައި ކުރަންވީ އެއްކަމަކީ ކުށުގެ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން ތިބި މާހައުލު ބަދަލުކުރެވޭތޯ ބެލުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް