އެމްޕީއެލް އާ ގުޅޭގޮތުން މީސް މީޑިއާގައި މި ދުވަސްވަރު ދެކެވެމުން އަންނަ ވާހަކަތަކާއި ގުޅޭގޮތުން ވަޖީހު "ސީއެންއެމް" އަށް ވިދާޅުވީ އެ ކުންފުނީގައި ހެދިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ހިލާފަށް މިފަހުން އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށެވެ. އެމްޕީއެލްގެ ހިންގެވުމާ އޭނާ ހަވާލުވެވަޑައިގަތް ފަހުން މިހާތަނަށް މަސައްކަތް ކުރައްވާފައި ވާނީ ކުންފުނީގައި ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވަޖީހު ވިދާޅުވި އެވެ.
ވަޖީހު ވިދާޅުވެފައި ވަނީ އޭނާގެ އުސޫލަކީ އެވަގުތަކު ކުންފުނީގައި އޮންނަ މެނޭޖްމަންޓަކާ އެކުގައި މަސައްކަތް ކުރެއްވުން ކަމަށެވެ. ކުންފުންޏާ ހަވާލުވެވަޑައިގެންނެވިއިރު މެނޭޖްމަންޓާއި ޑިޕާޓްމަންޓުތަކުގެ ވެރިންގެ ގޮތުގައި ތިއްބެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޑްމިނިސްޓްރޭޝަނަށް ތާއީދުކުރާ ފަރާތްތައް ކަމަށް އޭނާ ވިދާޅުވި އެވެ. ވަޖީހު ވިދާޅުވި ގޮތުގައި އޭނާ މަސައްކަތް ކުރައްވަނީ އެއިން އެއްވެސް ފަރާތެއް ބާކީ ނުކޮށް ކަމަށާއި އެ ހުރިހާ ފަރާތްތަކާ އެކުގައި ކަމުގަ އެވެ.
ސޯލިހުގެ އެޑްމިނިސްޓްރޭޝަނުން މަގާމުތަކަށް އިސްކޮށްފައިވާ ފަރާތްތަކާ އެކު މަސައްކަތް ކުރައްވާތީ އެ ސުވާލު އުފައްދާކަން ފާހަގަކުރައްވާ ވަޖީހު ވިދާޅުވީ އޭނާ ގަބޫލުކުރާ ގޮތުގައި އޭނާއަށާއި ސަރުކާރަށް ހުރިހާ މުވައްޒަފުންނާއި ވެރިން ވެސް ތެދުވެރިވާން ވާނެ ކަމަށެވެ.
ވަޖީހު ވިދާޅުވެފައި ވަނީ އެފަދަ ލިޔެކިޔުމެއްގެ ސައްހަކަން އެނގޭނީ އޭގައި ހިމެނޭ ހުރިހާ ލިޔުންތަކެއް ފެނިގެން ކަމަށެވެ. ލިޔެކިޔުންތައް ބޭރުވުމާ ގުޅިގެން ކުންފުނީގެ އެތެރޭގައި މައްސަލަތަކެއް އެބައުޅޭ ކަމަށް އޭނާއަށް ލަފާކުރެވުނު ކަމަށް ވަޖީހު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިކަން ހިނގައި ގޮސްފައި މި ވަނީ ސަރުކާރުގެ ރަސްމީ ބަންދު ދުވަސްވަރެއްގައި ކަމަށް ވުމާ އެކު ވެސް ލިޔެކިޔުންތައް ބޭރުވި މައްސަލާގައި މައިގަނޑު ދެ ފިޔަވަޅެއް މިހާރު އަޅުއްވާފައިވާ ކަމުގަ އެވެ.
ވަޖީހު ވިދާޅުވީ މި އީދު ބަންދަށް ފަހު ސަރުކާރުގެ އިދާރާތައް އަލުން ހުޅުވުމުން އަންނަ އާދިއްތަ ނުވަތަ ހޯމަ ދުވަހު އޭސީސީގެ ޓީމެއް އެމްޕީއެލްއަށް އަންނާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ. އޭނާ އެ ކުންފުނި ހިންގުމާ ހަވާލުވެ ވަޑައިގެންނެވި ފަހުން މިއަދާ ހަމައަށް ޕްރޮކިއުމަންޓާއި ފައިނޭންސް އަދި އެޗްއާރުގެ ކަންކަން ބެލުމަށް އެކަމަށް ހާއްސަ ޑިވިޝަނާ ހަވާލު ކުރެވި، އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވަޖީހު ވިދާޅުވި އެވެ.
ވަޖީހު ވިދާޅުވެފައި ވަނީ މި މައްސަލަ އާ ގުޅިގެން ކަން ހިނގައި ގޮސްފައިވާ ގޮތާ މެދު ސީދާ ކޮމެންޓެއް ދެއްވަން އެނގިވަޑައިގަންނަވާނީ އެ ޑިވިޝަނުގެ މަސައްކަތް ނިމުމުން ކަމަށެވެ. އޭނާ އެދިވަޑައިގެން ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ހިންގާފައި ނުވާނެ ކަމުގެ ޔަގީންކަން ވަޖީހު ވަނީ ދެއްވާފަ އެވެ.