މިއަހަރުގެ ހައްޖުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.8 މިލިއަން މީހުން ބައިވެރިވިއެވެ. ހައްޖުގެ އަޅުކަމުގެ ދުވަސްވަރު ނަގާފައިވާ ފޮޓޯތަކެއް މި ވަނީ ފޯނުގެ ބެކް ސްކްރީނަށްް ލާން ބޭނުންވާ ފަރާތަކަށް ދޫކޮށްލާފައެވެ.
ހިތްގައިމު މި ފޮޓޯތައް އެންމެނަށް ނެގޭގޮތަށް ސޯޝަލް މީޑިއާއަށްް ދޫކޮށްލީ ދެ ހަރަމްގެ ވާހަކަތަކާއި މަންޒަރުތައް ގެނެސްދެމުން ގެންދާ ހަރަމައިންނުނެވެ. އެމީހުން ހިއްސާކުރި ފޮޓޯތަކުގެ ތެރޭގައި މީހުންނާއިގެން ހަރަމް ފުރިފައިވާ މަންޒަރުތަކާއި ގެފުޅުގެ ހިތްގައިމު މަންޒަރުތަކާއި ހަރަމް ފެންނާނެހެން އެ ސަރަހައްދުގެ ރީތި މަންޒަރުތައް ހިމެނެއެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަން ނިމި ބައެއް ހައްޖުވެރިން ވަނީ މިހާރު ސައުދީން ފުރަން ފަށާފައެވެ. އަދި ބައެއް ހައްޖުވެރިންވަނީ މަދީނާ ޒިޔާރަތްކުރުމުގެ ދަތުރުތައް ފަށާފައެވެ.
މިއަހަރުގެ ހައްޖުގައި ރާއްޖެއިންވެސް 1150 މީހަކު ވަނީ ބައިވެރިވަފައެވެ. އޭގެތެރޭގައި ސަރުކާރުގެ ހަރަދުގައި ހައްޖަށްް ފޮނުވި 50 މީހުންވެސް ހިމެނެެއެވެ.