ads
އެމްބާޕޭ
ހޮލެންޑް މެޗުގައި އެމްބާޕޭ ބެންޗަށް
ހޮލެންޑާ ދެކޮޅަށް ފްރާންސް މިރޭ ކުޅޭ މެޗުގައި ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ، ފުރަތަމަ 11 ގައި ނުހިމަނަން ކޯޗު ނިންމައިފިއެވެ.
Advertisement

ރާއްޖޭ ގަޑިން މިރޭ 12 ޖަހާއިރު ފަށާ މި މެޗުގައި އެމްބާޕޭ ހިމަނާފައިވަނީ ބެންޗުގައި ތިބޭ ކުޅުންތެރިންގެ ތެރޭގައެވެ. މެޗުގެ ކޮންމެވެސް ހިސާބަކުން އެމްބާޕޭ ބޭނުންކޮށްފާނެ ކަމަށް ބެލެވެއެވެ.

ހޮލެންޑާ ދެކޮޅަށް ކުޅޭ މެޗުގައި އެމްބާޕޭއަށް ފުރަތަމަ 11 އިން ޖާގަ ނުލިބުނީ، ފުރަތަމަ މެޗުގައި އޭނާއަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. ފުރަތަމަ މެޗުގައި އެމްބާޕޭގެ ނޭފަތް ބިންދައިގެން ގޮސްގެން އޭނާވަނީ ބަދަލުކޮށްފައެވެ. އުމުރުން 25 އަހަރުގެ ފޯވާޑްގެ ނޭފަތް ފަޅައިގެން ދިޔައީ އޮސްޓްރިއާ އަތުން 1-0 އިން މޮޅުވި މެޗުގައެއެވެ.  

މި އަނިޔާގެ ސަބަބުން ބުރާސްފަތި ދުވަހު އޮތް ފްރާންސްގެ ޕްރެކްޓިހުގައި އެމްބާޕޭ ބައިވެރިވީ މާސްކެއް އަޅައިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް