ads
ދިވެހި ހައްޖާޖީންގެ ބަޔަކު މައްކާގައި
ހައްޖުވެރިން އަންނާތީ ބަލިތަކުން ރައްކާތެރިވުމަށް އިލްތިމާސްކޮށްފި
ހައްޖުވެރިން އަންނަ ދުވަސްވަރަކީ އާއްމުކޮށް ރޯގާާ ފެތުރޭ ދުވަސްވަރެއްކަމުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން ) އިލްތިމާސްކޮށްފަިއެވެ.
Advertisement

މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް މާލެ އަންނާނީ މާދަމާއެވެ. ކޮންމެ އަހަރެއްގެ ހައްޖަށް ފަހު ހައްޖުވެރިން އައުމުން އަރިދަފުސް ރޯގާއާ ވައިރަލް ހުން ކޮންމެވެސް ވަރަކަށް ފެތެރިގެންދެއެވެ. 

އެޗްޕީއޭއިން ވަނީ ހައްޖުވެރިން އެނބުރިއައުމަށް ފަހު ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. ހައްޖުން އަންނަތާ 14 ދުވަސް ތެެރޭ ގައި ހުން އައުން، ކެއްސުން، ނޭވާލާން އުނދަގޫވުން، މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށްް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން ކައިރި ނުކުރުމަށްްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. 

your imageބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް 

މިއަހަރު ރާއްޖެއިން ވަނީ 1150 މީހުން ހައްޖަށް ގޮސްފައެވެ. އޭގެތެރޭގައި ރަސްމީ ކޯޓާގައި ދިޔަ 1000 މީހުންނާއި އިތުރަށް ލިބުނު ކޯޓާގައި ދިޔަ 150 މީހުން ހިމެނެއެވެ. މި އެންމެން ރާއްޖެ އަންނަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. 

ހައްޖުވެރިން އަންނަން ހަމަޖެހިފައިވާ ތާރީހުތައް 

  • 24 ޖޫން
  • 28 ޖޫން
  • 01 ޖުލައި
  • 04 ޖުލައި

ދިވެހި ހައްޖުވެރިންގެ ތެރެއިން އެކަކުވަނީ ނިޔާވެފައެވެ. އަދި އެއް ހައްޖުވެރިޔަކަށް އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނައިރު އެހެން ހުރިހާ ހައްޖުވެރިންގެ ހާލު ރަނގަޅުކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް