މެޓް އޮފީހުން އިއްޔެ ހެނދުނު 8:00 އިން މިއަދު ހެންދުނު 8:00 އަށް ރައްޖޭގެ އެކި ހިސާބުތަކަށް ވާރޭ ވެހިފައިވާ މިންވަރުގެ ތަފާސް ހިސާބުތަށް އާންމުކޮށްފަ އެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭފެހިފައި ވަނި ކ. ގާފަރަށެވެ. އެރަށަށް ވެހިފައިވަނީ 38.4 މިލިމީޓަރުގެ ވާރޭ އެވެ.
އަދި ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ބ. ގޮއިދުއަށެވެ. އެރަށަށް 33.9 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، ތިންވަނަ އަށް އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ އއ. ތޮއްޑޫ އަށެވެ. އެރަށަށް 31.0 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.
ބޯކޮށް ވާރޭ ވެހުނު ރަށްތައް:
މެޓް އޮފީހުން ބުނީ މާދަމާގެ ފަހުން މިހާރު މިކުރަމުންދާ ވިއްސާރަ އަލިވާނެ ކަމަށާއި، ނަމަވެސް ވައި މަޑުވާނީ ބުދަދުވަހުގެ ފަހުން ކަމަށެވެ.