ފުލުހުން ބުނެފައި ވަނީ، ކުޑަކުޑަ ޑިންގީ ގައި ލެއްގި މީހުންނަކީ ކަނޑުމަތީގައި ހާލުގައި ޖެހި ބެހިގެން އާދެވުނު ބައެއްކަން ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.
ފުލުހުން ބުނީ، އެ މީހުން ހޮޅުދޫ އަށް ގެންގޮސް އެރަށުގެ ކައުންސިލުގެ އެހީތެރިކަމާއެކު ވަގުތީ ގޮތުން އެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
މި ޑިންގީ އަދި މީހުންނާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައެއްނުވެ އެވެ.
މި ޑިންގީގައި ލައްގާފައި ވަނީ ސޯމާލިޔާގެ 3 ފިރިހެނުންނެވެ.
ސޯމާލިއާއަކީ ރާއްޖޭގެ ހުޅަނގުން ގާތްގަނޑަކަށް 3,000 ކިލޯމީޓަރު ދުރުމިނުގައި އޮތް ގައުމެކެވެ. މީގެކުރިން ވެސް ސޯމާލިއާއަށް ނިސްބަތްވާ މީހުން ޑިންގީތަކުގައި ރާއްޖެއަށް ލައްވެފައި އެބަހުއްޓެވެ.