ads
ބޮޑުތަކުރުފާނު މަގުގައި ޕީއެންސީ ހަރުގެ ހުޅުވުން.
ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ޖަގަހަ ރަސްމީކޮށް ހުޅުވައިފި
ސަރުކާރުގެ ހިންގާ މައި ޕާޓީ ޕީއެންސީގެ ޖަގަހަ މިރޭ ހުޅުވައިފި އެވެ.
Advertisement

ހޮނިހިރު ދުވަހުގެރޭ 20:30 ގައި ހ.ވެޔޮވިލާގައި ހުންނަ ޕީއެންސީ ޖަގަހަ ރަސްމީކޮށް ހުޅުވައިދެއްވީ ޕީއެންސީގެ ރައީސް، ދިވެހިރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

ޖަގަހަ ހުޅުވުމަށް ކުރިއަށްދާ ރަސްމިއްޔާތުގައި ޕީއެންސީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ.  

ޕީއެންސީ ޖަގަހަ ހުޅުވިގެންދިޔަ އިމާރާތަކީ މީގެ ކުރިން އެމްޑީޕީ އަދި ޑިމޮކްރެޓްސް ޖަގަހަ ހިންގި އިމާރާތެވެ.

"ޕީއެންސީ ހައުސް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ރައްޔިތުން ދީފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ ރައްޔިތުން ބޭނުންވާ ތަރައްގީގެ ހާސިލުކުރުމުގެ މަސައްކަތްކަމަށެވެ. 

ޕީއެންސީ ޖަގަހަ ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީއާ އަލަށް ގުޅުނު ބައެއް މީހުންގެ ފޯމްތައް ވަނީ ރައީސާ ހަވާލުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް