ދިވެހި ހާޖީންގެ ފުރަތަމަ ފްލައިޓް މިއަދު ރާއްޖެ ޖެއްސީ މެންދުރު 13:55 ގައެވެ. މި ފްލައިޓުން 296 ހާޖީއަކު ވަނީ މާލެ އައިސްފައެވެ.
މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ 1150 މީހުން ރާއްޖެ އަންނާނީ 4 ދުވަހެއްގެ މަތިންނެވެ. އެންމެ ފަހުން ގްރޫފް މާލެ އަންނަނީ އަންނަމަހުގެ 2 ވަނަދުވަހުއެވެ. މިއަދު ރާއްޖެއައި ހައްޖުވެރިންނަށް އާއިލާތަކުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
ހައްޖުވެރިން އަންނަން ހަމަޖެހިފައިވާ ތާރީހުތައް
- 24 ޖޫން
- 28 ޖޫން
- 01 ޖުލައި
- 04 ޖުލައި
ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން އަންނަ މަހުގެ ރާއްޖެއަށް އައުމަށްް ހަމަޖެހިފައިވާ ދެ ގްރޫޕްގައި ހިމެނޭ ހާޖީން މިވަގުތު ތިބީ މަދީނާގައެވެ.
ހައްޖުވެރިން އަންނާތީ އެއާޕޯޓަށް ބާރުބޮޑުވާނެތީ އެހެން ފްލައިޓުތަކުން ދަތުރުކުރާ ފަސިންޖަރުން ތިން ގަޑިއިރު ކުރިން ޗެކިން ވުމަށް އެމްއޭސީއެލުން ވަނީ އެދިފައެވެ. ހައްޖުވެރިން އަންނަ ދުވަސްވަރަކީ އާއްމުކޮށް ރޯގާާ ފެތުރޭ ދުވަސްވަރެއްކަމުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން ) އިލްތިމާސްކޮށްފައެވެ.