ads
ގޭންގުތައް ހުއްޓުވަން ފުލުހުން ވަކި ޑިޕާޓްމެންޓެއް ހަދައިފި
ގޭންގުތަކާއި ގުޅުން އޮންނަ 400އެއްހާ ކުދިން އުޅޭ :އިހްސާން
ރާއްޖޭގައި އުޅޭ ގޭންގުތަކާއި ގުޅުން އޮންނަ 400 އެއްހާ ކުޑަކުދިން އުލެމުން އަންނަކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
Advertisement

ރާއްޖޭގައި އާންމުވެފައިވާ މަސްތުވާތަކެތީގެ ހާލަތާއި އެހެނިހެން ކުށްތަކުގެ ހާކަތު ދެނެގެގުތުމަށް ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީއަށްް މިއަދު ވަނީ ހޯމް މިނިސްޓަރު އަލީ އިހްސާން ހާޒިރުކޮށްފައެވެ. 

އެ ކޮމެޓީގައި ވާހަކަ ދައްކަމުން އިހްސާން ވިދާޅުވީ ގޭންގު ކުށްތައް ހުއްޓުވޭނީ ގާނޫނުތައް އިސްލާހުކޮށް ފުލުހުންނަށް ގާނޫނީ ބާރުވެރިކަން ދީގެންކަމަށެވެ. ރާއްޖޭގައި އޮޕަރޭޓްކުރަމުން އަންނަ ގޭންގުތަކާއި ކުޑަދިންނާއި ގުޅުން އޮންނަކަން ފާހަގަކުރައްވަމުން އިހްސާން ވިދާޅުވީ ގޭންގުތަކާއި ގުޅުން އޮންނަ 400 އެއްހާ ކުދިން  އެބަތިބިކަމަށެވެ. 

ގޭންގުތައް ހުއްޓުވުމަށް ދެކަމެއް ކުރަންޖެހޭކަން މިނިސްޓަރު އިހްސާން ފާހަގަކުރެއްވިއެވެ. އެގޮތުން އެންމެ މުހިއްމުކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ގޭންގުތަކަށް ފައިސާ ލިބޭ މަގުތައް ބަންދުކުރުމެވެ. ދެން ފާހަގަކުރެއްވި އަނެއްކަމަކީ ގޭންގުތަކަށް ރެކްރޫޓުކުރަމުން އަންނަ ކުދިން ހުއްޓުވުމެވެ. މިކަން ހައްލުކުރުމަށް ވަޒީރު ދެއްކެވީ 18 އަހަރުން ދަށުގެ ކުދިން ބައިތިއްބަން ހަދާ "ހޯޕް އައިލެންޑް" ގެ ވާހަކައެވެ. 

"އެ ރަށުގައި އެ ކުދިން ތިބޭނޭ 18 އަހަރު ވަންދެން. އެ ކުދިން އެ ރަށުގައި ތިބޭ ތިބުމުގައި އާއިލާއާ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކަކަށް އަޅުގަނޑުމެން އެ ރަށް ބައްޓަން ވެސް ކުރާނަން. ޕްރޮގްރާމް ވެސް ޑިޒައިން ކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

ކުށްކުރާ ގޭންގުތައް ހުއްޓުވުމަށް ފުލުހުންގެ ތެރޭގައި ވަކި ޑިޕާޓްމެންޓެއް އުފައްދަން ވަނީ ނިންމާފައެވެ. ގޭންގުތަކާއި މަސްތުވާތަކެތި ހުއްޓުވުމަށް ފުލުހުން އުފެއްދި މި ބަޔަށް ކިޔަނީ "ޑްރަގު އެންޑް ވައިލެންޓް ކްރައިމް ކޮމާންޑް" އެވެ.

މި ކޮމާންޑްގެ މަސައްކަތަކީ މި ދިވެހި ގައުމަކީ އެންމެނަށް ރައްކާތެރި ތަނަކަށް ހެދުމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ މަރުކަޒީ އަދި ސަރަޙައްދީ ގާބިލުކަން ހަރުދަނާކޮށް، މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް ހަރަކާތްތެރިވެ، ގޭންގް މާރާމާރީތައް ހުއްޓުވައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިން ހޯދައި، އަދި ހިއުމަން ޓްރެފިކިން، ވައްކަން، ފޭރުން، މަކަރާއި ހީލަތް، ޓްރެފިކް ގަވައިދާ ހިލާފްވުން، ސައިބާ ކްރައިމް، ޓެރަރިޒަމް އަދި ވައިލެންޓް އެކްސްޓްރީމިޒަމް، ގެވެށި އަނިޔާ، އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ އިތުރުން ޕަބްލިކް ޑިސްއޯޑަރ ހިމެނޭހެން ރަައްޔިތުންގެ އިތުބާރު އުފެއްދުމަށް މުޖުތަމައާއި ގުޅިގެން ކުށާއި ކުށުގެ ބިރުވެރިކަން ނައްތާލުމަށް މަސައްކަތްކުރުންކަމަށް ފުލުހުން ބުނެއެވެ.    

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް