ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުން ދިރިއުޅުމުގެ ހަރަދުތައް ކުރުމަށް މިހާތަނަށް ކޮންމެ ކުއްޖަކަށް ވިއްކަމުން އައީ 1000 ޑޮލެރެވެ. އެހެންނަމަވެސް އެކުދިންނަށް ފޮނުވި މެއިލްއެއްގައި ބޭނުންކުން ބުނީ މިހާރު ވިއްކަމުން ދިޔަ އަދަދުގެ ބަދަލުގައި ދެން ވިއްކާނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ސްޓައިޕް އެންޑަށް ދޭން ކަނޑައަޅާފައިވާ އަދަދު ކަމަށެވެ.
މިނިސްޓްރީން ކަނޑައޅާފައިވާ އަދަދުތައް އެކު ގައުމަތަކަށް
- މެލޭޝިޔާ 416 ޑޮލަރު
- އިންޑިއާ 440 ޑޮލަރު
- ލަންކާ 450 ޑޮލަރު
- ރަޝިޔާ 615 ޑޮލަރު
- ނޭޕާލް 415 ޑޮލަރު
މި ބަދަލާއި އެކު ކުދިންނަށް ގަންނަން ލިބެމުން އައި ޑޮލަރުގެ އަދަދު ދެބައި ކުޅަ އެއްބަޔަށް ވުރެ ކުޑަވީއެވެ.
ދަރިވަރުންނަށް ވިއްކާ ޑޮލަރަށް މި ބަދަލު ގެނައި ނަމަވެސް ކޯސް ފީ އަދި ޓިއުޝަން ފީ ދެއްކުމަށް މިހާރުވެސް ޓީޓީ މެދުވެރިކޮށް ދަރިވަރުންނަށް ކަނޑައަޅާފައިވާ އަދަދަކަށް ބަދަލެއް ބޭނުންކުން ނުގެނެއެވެ.
ބޭރުގައި ކިޔަވަން ތިބި ދަރިވަރުންނަށް ނެގޭ ޑޮލަރުގެ އަދަދު 1200 ޑިސެމްބަރު މަހު އިތުރުކޮށްދޭން ސަރުކާރުން ވައުދުވި ނަމަވެސް މިހާތަނަށް އެކަމެއް ނުވެއެވެ.
ބީއެމްއެލުން ބުނެފައިވަނީ އެމްއެމްއޭއިން ގަންނަން ލިބުނު ޑޮލަރުގެ އަދަދަށްވުރެ 333 މިލިއަން ޑޮލަރު އިތުރަށް ކަސްޓަމަރުންނަށް ވިއްކާފައިވާކަމަށެވެ. އަދި ބޭންކަށް ގަންނަން ލިބެން ނެތް ޑޮލަރެއް މިގޮތަށް ވިއްކަމުން ދިޔުމަކީ ދެމެހެއްޓެނެވި ކަމަކަށް ނުވާނެކަމަށްވެސް ބޭންކުން ވަނީ ބުނެފައެވެ.