މި ބަލި ފެނިފައިވަނީ ހައްޖުގެ އަޅުކަމަށް ފަހު އައި ދިވެއްސެއްގެ ގައިންނެވެ.
މި ބަލި ރާއްޖެއިން ފެނިފައިވާކަން ރަސްމީކޮށް ހެލްތް މިނިސްޓްރީން ނުބުނިނަމަވެސް ބައެއް އޮފިޝަލުން މިކަން ޔަގީންދެ އެވެ.
ދިވެއްސެއްގެ ގައިން މި ބަލި ފެނުމާއި އެކު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މެނިންގޮކޯކޮލް ޖެހުމުން ފެންނަ އަލާމާތްތައް
- ގަދައަށް ހުން އައުން
- ބޮލުގައި ރިއްސުން
- އަބަދު ވަރުބަލިވެފައި ނުވަތަ ވަރުދެރަވެފައި ހުރުން
- ހުޅުހުޅުގައި ނުވަތަ ގައިގެ މަސްތަކުގައި ރިއްސުން
- ކަނދުރާ މައްޗަށް ބާރުވެފައި ހުރުން
- ގަދަ އައްޔަށް ބަލަން އުނދަގޫވުން
- ބޯއެނބުރުމާއެކު ހޮޑުލެވުން
- ބޭރަށް ހިންގުން
މިބަލި ޖެހުމުން އެންމެ ނުރައްކާވާ މީހުންގެ ތެރޭގައި ކުޑަކުދިންނަށާއި ޒުވާނުން ހިމެނެއެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ތަހަންމަލު ކުރާ މީހުންނަށްވެސް މި ބަލީގެ ނުރައްކާ ބޮޑެވެ.
މީ އެހާ ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ. މި ބަލި ފަތުރާ ބެކްޓީރިއާ ގައިންގަޔަށް އަރަނީ ބަލި ޖެހިފައި ހުރި މީހަކާ ވަރަށް ގައިގޯޅިވެ، ނުވަތަ ވަރަށް ގިނަވަގުތު އެކުގައި އުޅުމުން އަނގައިގެ ތެރެއިން ނުވަތަ ނޭފަތުގެ ތެރެއިން ހަށިގަނޑުގެ ތެރެއަށް ވާސިލުވެގެންނެވެ.
މި ބަލިން ރަނގަޅުވުމަށްފަހުވެސް ދިގު މުއްދަތަކަށް ތަހަންމަލު ކުރަންޖެހޭ ފަދަ ސިއްހީ މައްސަލަތައް ބައެއް މީހުންނަށް ދިމާވެ އެވެ.
މި ބަލީގައި އަވަހަށް ފަރުވާ ނުދެވިއްޖެ ނަމަ ފުރާނައަށް ވެސް ނުރައްކާވެއެވެ. މެނިންގޮކޯކޮލް ބައްޔަކީ ވެކްސިން ޖަހައިގެން ރައްކާތެރިވެވޭ ބައްޔެކެވެ