ދޫޑިގަން އަވަށުގައި ފުލުހުން ހިންގި ޑްރަގު އޮޕަރޭޝަނަކަށް ބަޔަކު ހުރަސްއަޅައިފި
އަލީ މިދުހަތު
26 ޖޫން 2024 - 01:07:46
ފުވައްމުލަކު ދޫޑިގަން އަވަށުގައި ފުލުހުން ހިންގި ޑްރަގު އޮޕަރޭޝަކަށް ބަޔަކު ހުރަސްއަޅައި ފުލުހަކަށް ހަމަލާދީ މިރޭ ޒަހަމުކޮށްލައިފި އެވެ.
ފުލުހުން ވިދާޅުވީ، އެ ސިޓީގައި ފުލުހުން ހިންގަމުން ދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނަކަށް ބަޔަކު ހުރަސް އަޅާ ހަމަނުޖެހުން ހިންގާފައިވާ ކަމަށެެވެ.
އަދި މި އޮޕަރޭޝަނާއި ގުޅިގެން މަސްތުވާތަކެތި ގެންގުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަަށަށް ގެންނަން އުޅުމުގެ ތެރެގައި އެތަނަަށް ބަޔަކު އައިސް ފުލުހުންނާއި ކުރިމަތިލާ ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވާ ކަމަށެވެ.
"މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުންކުރަމުންދާ މަސައްކަތުގައި މިރޭ ފުވައްމުލަކުގައި ހިންގުނު އޮޕަރޭޝަނަކާއި ދެކޮޅަށް އެކަން ހުއްޓުވުމަށާއި ކުށްކުރުމަށް ހިތްވަރުދިނުމުގެ މަގުސަދުގައި ބަޔަކު މަސައްކަތްކޮށްފައިވޭ. މި ހަމަނުޖެހުން ޙައްލުކުރުމަށް 4 މީހަކު ފުލުހުންގެ ބަންދަށް ގެނެވުނު، ދިވެހި ފުލުހުން މަސްތުވާތަކެތީގެ ވަބާއިން މިގައުމު ސަލާމަތްކުރަން ކުރަންޖެހުނު ހުރިހާ މަސައްކަތެއް ސާބިތުކަމާއިއެކު ކުރާނެ ވާހަކަ ދަންނަވަން." ފުލުހުންގެ މެސެޖުގައި ބުނެފައިވެ އެވެ.
އެ ހަމަނުޖެހުން ހިނގި ވަގުތުގެ ވީޑިއޯއެއް ސޯޝަލްމީޑިއާގައި މިރޭ އާންމުވި އެވެ. ފުލުހުންނާ ކުރިމަތިލުމަށް ފަތިބުރި ތަކެއް ހިފައިގެން ބަޔަކު ހަރަކާތްތެރިވާ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މި މައްސަލަ ދަނީ ފުލުހުން ތަހުގީގު ކުރަމުން ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް