ads
އެމްޑީީޕީގެ ލީޑަރ އިބްރާހިމް މުހައްމަދު ސާލިހް
ޕާޓީ ކޮޅަށް ތެދުވެ އަމަލީ މަސައްކަތްތައް އަންނަމަހު ފެންނާނެ : ސާލިހް
އިދިކޮޅު އެމްޑީޕީ ކޮޅަށް ތެދުވެ އަމަލީ މަސައްކަތްތައް އަންނަމަހު މެމްބަރުން ފެންނާނެކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
Advertisement

މިއަދަކީ ރާއްޖޭގައި މަލްޓީ ޕާޓީ ސިސްޓަމް ތައާރަފުވެ ފުރަތަމަ ރަޖިސްޓްރީ ކުރީ ސިޔާސީ ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފެދުނުތާ 19 އަހަރު ފުރޭ ދުވަހެވެ. އެމްޑީޕީ ރަޖިސްޓްރީ ކުރީ 2006 ވަނަ އަހަރުގެ ޖޫން މަހުގެ 26ގައެވެ.

އެމްޑީޕީ އުފެދުނުތާ 19 އަހަރު ފުރުން ފާހަގަކޮށް ވާހަކަ ދައްކަވަމުން އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ މީ އެޕާޓީއަށް އިންތިހާބެއް ގެއްލުނު ފުރަތަމަ ފަހަރު ނޫންކަމަށެވެ. އަދި މީ މިކަހަލަ އުނދަގޫ ދަނޑިވަޅުތައް ދިމާވި ފުރަތަމަ ފަހަރު ނޫންކަމަށާއި އެއިން ކޮންމެ ފަހަރަކުވެސް ޕާޓީ ކޮޅަށް ޖަހާ ހަރަކާތްތައް ހިންގަން ފަށާކަމަށް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވިއެވެ. 

މިހާރު ކުރަމުން އަންނަނީ ޕާޓީ ރިޕޯމް ކުރުމޖުގެ މަސައްކަތްކަމަށާއި ޕާޓީ ހަރަކާތްތެރިވާ ތަން އަންނަ މެމްބަރުންނަށް ފެންނަން ފަށާނެކަމަށްވެސް އެމްޑީޕީގެ އެޑްވައިޒަރުގެ ގޮތުގައި ހުންނެވި އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވިއެވެ. 

"ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އެބަ ގެންދަވާ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މި ފެށޭ ޖުލައިމަހުގެ ތެރޭގައި އަމަލީ މަސައްކަތްތައް ތިބޭފުޅުންނަށް އަޅުގަނޑުގެ ޕާޓީގެ ބޭފުޅުންނަށްް ފެނިގެންދާނެ. ހަމަ ރަނގަޅު މަސައްކަތްތަކެއް ފެނިގެންދާނެ." އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވިއެވެ.

އެންމެފަހުން ބޭއްވި ބޮޑު ދެ އިންތިހާބުން ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު އެމްޑީޕީގެ ހަރަކާތްތައް ވަނީ މަޑު ޖެހިފައެވެ. ޕާޓީން ދަނީ އިންތިހާބުތަކުން ބަލިވި ސަބަބުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް