ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އެޕާޓީގެ އިސްވެރިންނާއި މެމްބަރުންނަށް ފޮނުވާކަމަށެވެ.
ނައިބު ރައީސް ހުސެެއިން މުހައްމަދު ލަތީފުވެސް ވަނީ އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ އެޕާޓީގެ އިސްވެރިންނަށް ފޮނުއްވާފައެވެ.
ރާއްޖޭގައި މަލްޓި ޕާޓީ ސިސްޓަމް އުފެއްދި އެންމެ ފުރަތަމަ އުފެއްދި ސީޔާސީ ޕާޓީ އެމްޑީޕީ ރަޖިސްޓްރީ 2005 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަދުވަހުއެވެ. އެމްޑީޕީ އަހަރީ ދުވަހާއި ގުޅިގެން މިއަދު ހަވީރު ދިދަ ނެގުމުގެ ރަސްމިއްޔާތެއް އެ ޕާޓީގެ އޮފީހުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.