ads
ނަޝީދާ އާއި ސާލިހާއި އެކުގައި މަސައްކަތް ކުރަން ރެޑީވެއްޖެ
އެމްޑީޕީގެ ބައެއް މެމްބަރުން ވަކިވެގެން އުފެއްދި ޑިމޮކްރެޓްސް އާ ދެބައި މީހުން އަލުން ގުޅެންޖެހޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ދެއްކެވި ވާހަކަފުޅުތަކަށް ރައީސް ނަޝީދު ފެހި ސިގްނަލެއް ދެއްވައިފި އެވެ.
Advertisement

އެމްޑީޕީގެ އަހަރީ ދުވަހާ ގުޅުވާ ރައީސް ސާލިހް މިއަދު މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމްޑީޕީއަށް 2028 ގައި ވެރިކަން ލިބެން އޮތީ ދަ ޑިމޮކްރެޓްސް އަލުން އެމްޑީޕީ އާ އެކުވެގެންކަމަށެވެ. 

ރައީސް ސާލިހް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުނު ސަބަބަކީ އެޕާޓީން ބަޔަކު ނުކުމެގެން ދިޔުންކަމަށެވެ. އަދި ޕާޓީން ވަކިވެގެން ދިޔަ ފަރާތްތައް އަލުން ވިސްނާ އެކުގައި ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ރައީސް ސާލިހް ވިދާޅުވި އެވެ. 

" ހަގީގަތުގައި ވެރިކަން ގެއްލުމުގެ އިންތިހާބުގެ ގެއްލުމުގެ އެންމެ ބޮޑު އެއް އިޝޫއަކީ އެއީ. އަޅުގަނޑު ހިތުން މިއަދު މީ އަނެއްކާ ވެސް އެ އާ ދޭތެރޭ އެބޭފުޅުން ވެސް ވިސްނަވަންވީ ވަގުތު. މީ ހަމަ އަޅުގަނޑުމެން އެންމެންގެ ޕާޓީ. އެންމެން އެކީގައި އުފައްދާފައި އޮތް ޕާޓީ. އެކީގައި ވަޑައިގަންނަވަންވީ ހަމަ. އެ ޒާތީ އޭރު އެ ހުރި މައްސަލަތައް އެކަހެރި ކުރެވޭނެ އިނގޭތޯ. އަދި އަޅުގަނޑާ ދޭތެރޭގައި ހުރި މައްސަލައެއް ވިޔަސް އެކަން އެއް ފަޅީގައި ބާއްވާފައި ގައުމަށާއި އަދި އަޅުގަނޑުމެން މި ކުރި މަސައްކަތް އަދި ނިމުމަކަށް ނުދޭ އެއިރު ފެށި މަސައްކަތް އެމްޑީޕީ،" ރައީސް ސާލިހް ވިދާޅުވިއެވެ.

ރައީސް ސާލިހްގެ މިވާހަކަފުޅުތަކަށް ރައީސް ނަޝީދު ވަނީ ފެހި ސިގްނަލެއް ދެއްވާފަ އެވެ. ރައީސް ސާލިހް މިވާހަކަފުޅުތައް ހިމެނޭ ވީޑިއޯކޮޅެއް ހިއްސާ ކުރައްވަމުން ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް ސާލިހް ދެއްކެވި ވާހަކަފުޅަކީ ވަރަށް ބޮޑު ތެދެއްކަމަށް ވިދާޅުވެ އެކަމާ އެއްބަސްވެވަޑައިގެންފައެވެ. 

" ތި ވިދާޅުވި މިސްރާބު އަޅުގަނޑުމެން އެންމެނަށް ވެސް ހޯދޭނެ ކަމުގެ އުއްމީދު އަޅުގަނޑުވެސް ކުރަން." ސާލިހް ވީޑިއޯކޮޅާ އެކު ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައިވެ އެވެ.

އެމްޑީޕީ ތެރޭ ހިޔާލު ތަފާތުވުން އުފެދި ޕާޓީ ފަޅައިގެން ދިޔައީ އެމްޑީޕީގައި ރިޔާސީ ޕްރައިމެރީގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރޭގަ އެވެ. އޭގެ ފަހުން ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރި މަޖިލިސް 13 މެމްބަރަކު އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް އުފެއްދި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް