ads
ދިވެހި ހައްޖުވެރިން: - ފޮޓޯ:ހައްޖު ކޯޕަރޭޝަން
ހައްޖުން އަންނަ މީހުންނަށް ހާއްސަކޮށް ފްލޫ ކްލިނިކެއް ހުޅުވައިފި
ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި އަންނަ ފަރާތްތަކަށް ހާއްސަކޮށް އައިޖީއެމްއެޗްގައި ފުލޫ ކްލިނިކެއް ގާއިމްކޮށްފި އެވެ.
Advertisement

މިކްލިނިކުން ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުން ކޮންމެ ދުވަހަކު ހެނދުނު 8 އިން ރޭގަނޑު 8 އަށް ލިބޭނެ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

ހައްޖުން އަންނަ މީހުންނަށް ހާއްސަކޮށް ފްލޫ ކްލިނިކެއް މި ހުޅުވީ ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ، އިންވޭސިވް މެނިންގޯކޮކަލްގެ ކޭސްއެއް ރާއްޖެއިން އިއްޔެ ފެނުމާ ގުޅިގެން އަޅާ ފިޔަވަޅުތައް ވަރުގަދަ ކުރުމަށެވެ.

އެނގިފައިވާ ގޮތުގައި އެ ބަލި ޖެހުނީ، ހައްޖުގެ އަޅުކަން ނިންމާލުމަށް ފަހު އެނބުރި މާލެ އައި ދިވެއްސެއްގެ ގައިން ނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިހާރު އަންނަނީ މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން އިލްތިމާސް ކުރަމުން ނެވެ. އަދި ރާއްޖެއިން ހައްޖުން މިފަހުން އައި މީހުންނާއި ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ބޭސް ދޭން ވެސް ވަނީ ފަށާފައި އެވެ. 

ހައްޖުގެ އަޅުކަން ނިންމާފައި އެނބުރި ދިޔަ ބައެއް އެހެން ގައުމުތަކުގެ މީހުންގެ ގައިން ވެސް މި ބަލި ވަނީ ފެނިފަ އެވެ. ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން މިއަހަރު 1150 މީހުން ވަނީ ގޮސްފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް