ads
ކޮވިޑް ބަލި ފެނުނު ދުވަސްވަރު ސިއްހީ ހިދުމަތްތެރިން މަސައްކަތުގައި
"މެނިންގޯކޮކަލް" ޓްރޭސްކުރެވިއްޖެ، ދެން އިތުރެއްނުވާނެ : އެޗްޕީއޭ
ނުރައްކާތެރި ބައްޔެއްކަމަށްވާ "މެނިންގޮކޯކޮލް" ރާއްޖެއިން ފެނުނުމުން އެ ބަލި ފެނުނު މީހާއާ އެއްތަންވި 46 މީހަކު ފާހަގަކުރެވިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ ބުނެފިއެވެ.
Advertisement

ނުރައްކާތެރި "މެނިންގޮކޯކޮލް" ރާއްޖެއިން ފެނި އެ ބަލީގައި އެކަކު ވަނީ މަރުވެފައެވެ. 

އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިބްރާޙިމް އަޝްރަފް ވިދާޅުވީ މި ބަލި ރާއްޖެއިން ފެނުމުން ހެދި ކޮންޓެކްޓް ޓްރޭސިންއިން 46 މީހަކު ފާހަގަކުރެވިފައިވާކަމަށެވެ. އަދި އޭގެތެރެއިން ބަލިން ރައްކާތެރިވުމަށް ދޭ ބޭސް ޕްރޮފިލެކްސިސް ދޭންޖެހޭ މީހުންނަށް އެ ބޭސް ދީފައިވާކަމަށާއި  އިތުރަށްް ފުޅާވެގެން ނުދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

"އެ ކޭސްއާ ގުޅިގެން މިހާތަނަށް އެންމެން އަޅުގަނޑުމެންނަށް އައިޑެންޓިފައި ކުރެވިފައިވަނީ، އެހެންވީމަ އިތުރަކަށް ދެން ފުޅާވެގެން ނުދާނެ، މިހާރު ފެނިފަ ހުރި އަދަދުތަކަށްވުރެ އިތުރުވެގެން ނުދާނެ،". އަޝްރަފް ވިދާޅުވިއެވެ.

އެޗްޕީއޭއިން ބުނީ "މެނިންގޮކޯކޮލް" ބަލި ޖެހިފައިވާ މީހާއާއެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ.

ކޮންޓެކްޓުންގެ ގޮތުގައި ބެލެވޭ މީހުންނަކީ:

  • ބަލިމީހާއާ އެއް ގެއެއްގައި ދިރިއުޅޭ މީހުން
  • ބަލިމީހާއާ އެއްކޮށް ވަރަށް ގިނައިރު އެއް ބަހެއްގައި، ނުވަތަ އެއް މަތިންދާބޯޓެއްގައި ދަތުރުކުރި މީހުން
  • ބަލި މީހާގެ ކުޅުފަދަ ނޭވާލާ ނިޒާމުން އުފެދޭ ދިޔައަކަށް ހުށަހެޅިފައިވާ މީހުން

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން މިހާރު ކުރަމުންދާ ކަންތައްތަކުގެ ތެރޭގައި އެޗްޕީއޭ އިން ފާހަގަކުރީ:

  • ކަމާ ބެހޭ މައުލޫމާތު އެއްކުރުން 
  • ކޮންޓެކްޓް ޓްރޭސިން ހެދުން 
  • ބަލީމީހާއާ ކޮންޓެކްޓްވީ މީހުންނަށް މައުލޫމާތު ދިނުން
  • ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށް ދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުން

އިތުރަށް ކިޔާލަން: މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

މެނިންގޮކޯކަލް ލޭގެ އިންފެކްޝަން ޖެހުމުން, ބެކްޓީރިއާ ލޭގައި ދައުރުވެ, ލޭހޮޅިތަކަށް ގެއްލުންދެއެވެ. އޭގެ ސަބަބުން ގުނަވަންތަކުން ލޭ އަންނަން ފަށައެވެ.

މެނިންގޮކޯކަލް މެނިންޖައިޓިސް އާއި މެނިންގޮކޯކަލް ލޭގެ އިންފެކްޝަން ޖެހުމުން ފެންނަ އަލާމާތްތައް ތަފާތެވެ. ނަމަވެސް ދެ ބާވަތް ސީރިއަސް ވެފައި ނުރައްކާ ބޮޑެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް