ads
ހެންވޭރު މީހުންނަށް އައުޓްޑޯ ޖިމް ހަދާ ބިން ހުސްކުރުމުގެ ތެރެއިން
ހެންވޭރު މީހުނަށް ދަރުބާރުގެ އިރުން ޖިމެއް ހަދަނީ
ހެންވޭރުގައި ދިރިއުޅޭ ރައްޔިތުން ކަސްރަތުކުރުމަށް އައުޓްޑޯ ޖިމެއް ހަދަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން މި ޖިމް ހަދަން ނިންމާފައިވަނީ ދަރުބާރުގޭ އިރުން އޮތް ޕާކިން އޭރިޔާ ހުންނަ ބިމުގައެވެ. މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ހެންވަރޕުގައި ކަސައްރަތަށް ނުކުންނަ މީހުން ކަސްރަތުކޮށްލަން އައުޓްޑޯ ޖިމެއް ނެތުމުން އެކަމުގެ ޝަކުވާތައް ކައުންސިލަށް ލިބެމުން އަންނަކަމަށެވެ. 

އާޒިމް ވިދާޅުވީ މިތަނަށް ބޭނުންވާ ބައެއް ސަމާނު ދޭނެކަމުގެ ޔަގީންކަން ކުޅިވަރާއި ބެހޭ ވަޒީރު ދެއްވާފައިވާކަމަށެވެ. އަދި މީގެެއިތުރުން ކައުންސިލުންވެސް އެތަނަށް ބޭނުންވާ ބައެއް ސަމާނު ހޯދާނެކަމަމަށްް މޭޔަރު އާޒިމް ވިދާޅުވިއެވެ. 

your imageމައްޗަންގޮޅީގައި ހުންނަ އައުޓްޑީ ޖިމްގައި ހުރި ތަކެތި ބަދަލުކުރުމަށް ފަހު އަލުން ހުޅުވުމުގެ ތެރެއިން 

މާލޭގައި ކަސްރަތަށްް ނުކުންނަ މީހުންނަށް މާފަންނާއި މައްޗަންގޮޅީގައިވެސް އައުޓްޑޯ ޖިމްތައް ވަނީ ހަދާފައެވެ. އަދި ދާދިފަހުން މި ޖިމްތަކުގައި ހުރި ތަކެތި ބަދަލުކޮށް އައު ތަކެތި ވަނީ ހަރުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް