ads
ވަޒީރު ހައިދަރު 4000 ފްލެޓްގެ މަސައްކަތް ހިނގާ ގޮތް ބަލާލަން ކުރި ޒިޔާރަތުގެ ތެރެއިން
ހައްގުވެރިންނަށް ނޫން ބަޔަކަށް ފްލެޓްތަކެއް ނުދޭނަން: ހައިދަރު
މިދިޔަ ސަރުކާރުން އިމާރާތްކުރަން ފެށި 4000 ފްލެޓްތައް ހައްގުވެރިން ނޫން ބަޔަކަށް ނުދޭނެކަމަށް ގެދޮރުވެރިކަމާއި ބެހޭ ވަޒީރުު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
Advertisement

ގެދޮރުވެރިޔާ ސްކޫމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރި ފްލެޓްތައް ލިބުނު މީހުން ކަނޑައަޅާ ލިސްޓް އެ ލިސްޓުގެ ދައުރުހަމަވުމުގެ ކުރިން މިދިޔަ ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ. އެހެންނަމަވެސް އެ ލިސްޓަށް ފްލެޓްތައް ދިނުން އޭސީސީން ހުއްޓުވާ ޝަރުތު ހަމަނުވާ މީހުންނަށް ފްލެޓް ދީފައިވާކަމަށް ވަނީ ބުނެފައެވެ. އަދި ލިސްޓުގައި ހިމެނޭ ޝަރުތު ހަމަވާ މީހުންނަށް ފްލެޓްތައް ދޫކުރުމަށްވެސް ގެދޮރުވެރިކަމާއި ބެހޭ  ވުޒާރާއަށް އެސީސީންް ވަނީ އަންގާފައެވެ. 

އެހެންނަމަވެސް މި ސަރުކާރުން ވަނީ އެ ލިސްޓުތައް އަލުން ބަލާ މުރާޖާކުރަން ނިންމާފައެވެ. އަދި މިކަމަށްޓަކައި ހާއްސަ ކޮމެޓީއެއްވެސް ވަނީ އެކުލަވާލާ އެ މަސައްކަތް ވަނީ ފަށާފައެވެ. 

your imageގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅާ 4000 ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތަކުގެ މަސައްކަތް ނިމިފައި 

4000 ހައުސިން ޔުނިޓްގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށް އެ މަސައްކަތް ހިނގާ ސައިޓަށް ވަޑައިގެން އެތަނުގައި ހުންނަވާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަޒީރު ހައިދަރު ވިދާޅުވީ އެސީސީން އެ ވުޒާރާއަށްް ގިނަ ކަންތައްތަކެއް ކުރަން އަންގާފައިވާކަމަށެވެ. އަދި ފްލެޓްތައް ހަވާލުކުރާނީ މުރާޖާކޮށް ނިމުމުންކަމަށްވެސް ވަޒީރު ހައިދަރު ވިދާޅުވިއެވެ. 

" އަޅުގަނޑު ޔަގީންކަން ދިން ތިބޭފުޅުންނަށް ހައްގުވެރިންނަށްް ނޫން ބަޔަކަށް ފްލެޓްތައް ލިބޭނެ ގޮތަކަށް އަޅުގަނޑުމެން ނުނިންމާނަން. އެހެންވީމާ އެކަންތައް އަޅުގަނޑު ޔަގީންކަމާއި އެކީ މި ދަންނަވާލީ އޭއީ ވަރަށް މުހިއްްމުކަމެއްކަމަށްވާތީ." ވަޒީރު ހައިދަރު ވިދާޅުވިއެވެ.

ހުޅުމާލެ ފޭޭސް ފޭއްގައި ހަދަމުންދާ 4000 ފްލެޓްްގެ މަސައްކަތް އެއްކޮށް ނިމޭނީ އަންނަ އަހަރުގެ މެދުތެެރޭގައިކަމަށް ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ހައިދަރު ވިދާޅުވިއެވެ. ރާއްޖޭއަށް މާލީ ގޮތުން ގޮންޖެހުންތަކެއް ހުރި ނަމަވެސް ފްލެޓްތަކުގެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިޔަށްދާކަމަށެވެ. އަދި މިހާރު ޓަވަރުތަކުގެ ކޮންކްރީޓް މަސައްކަތްތައް ނިމި ބައެއް ޓަވަރުތަކުގައި އެހެން ބައެއް މަސައްކަތްތައްވެސް ނިމިފައިވާކަން ހައިދަރު ފާހަގަކުރެއްވިއެވެ.

your imageގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅާ 4000 ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތަކުގެ ކޮންކްރީޓް މަސައްކަތް ނިމިފައި 

ހުޅުމާލެ އަޅާ 4000 ފުލެޓްގެ މަސައްކަތް ކުރަނީ އިންޑިއާގެ ދެ ކުންފުންޏަކުންނެވެ. އެއީ ޖޭއެމްސީ ޕްރޮޖެކްޓްސްއާ އެންބީސީސީއެވެ. މިއިން ކޮންމެ ކުންފުންޏަކުންވެސް އަޅަނީ 2000 ފްލެޓް ހިމެނޭ ގޮތަށް 16 ޓަވެރެވެ. ކޮންމެ ޓަވަރެއްގައި  17 ބުރިއަށް ހުންނައިރު އޭގެ ތެރޭގައިހިމެނެނީ ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓްްވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް