ads
ކަރެކްޝަންސްގެ އޮފިސަރުންތަކެއް:13 އޮފިސަރެއް ފުލުހުން ވަނީ ހައްޔަރުކޮށްފަ
ކަރެކްޝަންގެ 13 އޮފިސަރަކު ހައްޔަރު ކޮށްފި
ޖަލުތަކަށް މަސްތުވާތަކެއްޗާއި އެހެން ވެސް މަނާތަކެތި ވައްދައި ދީގެން ނުހަމަ މުއްސަނދިކަން ހޯދާފައިވާކަމަށް ތުހުމަތުވާ މައްސަލައިގައި ކަރެކްޝަންސްގެ 13 އޮފިސަރެއް ފުލުހުން ހައްޔަރުކޮށްފި އެވެ.
Advertisement

ފުލުހުން މިއަދު ބުނީ އޮޕަރޭޝަންގައި ހައްޔަރުކުރި އޮފިސަރުންގެ ތެރޭގައި ހިމެނެނީ ކ. މާފުށިން ނުވަ އޮފިސަރުންނާއި، ކ. ކާށިދޫއިން ދެ އޮފިސަރުންގެ އިތުރުން ހއ. އުތީމުން އޮފިސަރަކާއި މާލެއިން އޮފިސަރެއް ކަމަށެވެ. އެ ހުރިހާ އޮފިސަރުން ހައްޔަރުކުރުމަށްފަހު، އެ މީހުން ދިރިއުޅެމުންދިޔަ ތަންތަން ބަލާފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މައްސަލައިގައި 18 ކަރެކްޝަންސް އޮފިސަރުން ހިމެނޭ ކަމަށާއި އެ އޮފިސަރުންގެ އެކައުންޓަށް މިދިޔަ އަހަރު އެކަނި ވެސް 73.3 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ.

އިހުސާން ވިދާޅުވީ ޔުނީފޯމު އެޅި އެއްވެސް އޮފިސަރަކު އޭނާގެ މަގާމުގެ ނުފޫޒާއި ލިބިފައިވާ އިމްތިޔާޒުތަކުގެ ބޭނުންކޮށްގެން ފައިސާ ނަގައި ފައިސާއަށްޓަކައި އެ މީހާގެ ޔުނީފޯމު ވިއްކާލުމުގެ މައްސަލަތަކުގައި ހަރުކަށި ފިޔަވަޅު އަޅުއްވާނޭ ކަމަށެވެ. 

"... ވަކި ލެވަލްއެއްގެ ޓްރަސްޓް އާއި ކޮންފިޑެންސް ދައުލަތުން އެ ބަޔަކަށް ދީފައި ތިބި ޔުނީފޯމް އެޅި މުއައްސަސާއެއްގެ މުވައްޒަފުންނަށް ރިޝްވަތު ހުށަހެޅުމަކީ އެއީ ކުށެއް. ރިޝްވަތުގައި ހިފުމަކީ ވެސް ކުށެއް. އެހެންވީމާ މި ރިޝްވަތު ހުށަހެޅި މީހުންނާއި ރިޝްވަތުގައި ހިފި މީހުންނާ ދޭތެރޭގައި ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން،" އިހްސާން ވިދާޅުވި އެވެ.

މީގެ އިތުރަށް ކަރެކްޝަންސްގެ އޮފިސަރުންނަށް ފައިސާ ޖަމާކޮށްދިން މީހުން ވެސް ހޯދާ އަދަބު ދެއްވާނޭ ކަމަށް އިހުސާން ވިދާޅުވި އެވެ. މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި އެއިން ވަރަށް ގިނަ އޮފިސަރުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކޮށްފައިވަނީ ކުދި އަދަދުތަކުންނެވެ. ބައެއް އޮފިސަރުންގެ އެކައުންޓުތަކަށް 5000 ރުފިޔާއާއި 10000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ޖަމާވެފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.

އެއް އޮފިސަރެއްގެ އެކައުންޓަށް އަހަރެއް ތެރޭގައި 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވާއިރު، އެ ފައިސާ ޖަމާކޮށްފައި ވަނީ ކުދި އަދަދުތަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުން އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ފޯރުކޮށްދިނުމުގައި ކަރެކްޝަންސް އޮފިސަރުންތަކެއް ބައިވެރިވާ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް