ads
ޖަމީލްހެ ހަށިގަނޑު ސަހަރާއަށް ގެންދިޔަ ވަގުތު އެތަނުގައި ބައެއް މީހުން ހިތްހަމަ ނުޖެހުން ފާޅުކުރަނީ
ޖަމީލު ނިޔާވީ ސަޖިދައިގައި އޮއްވާ، އިހްމާލެއް އޮތްތޯވެސް ބަލަނީ
ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށް ހުއްޓާ ނިޔާވި ގައިދީ ނިޔާވެފައި ވަނީ ސަޖިދައިގައި އޮއްވާކަމަށް ދާހިލީ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
Advertisement

ޖަލުގައި ހުއްޓާ ނިޔާވެފައިވަނީ ށ. ފުނަދޫ ޒަމާނީ ވިލާ، އުމުރުން 45 އަހަރުގެ މުހައްމަދު ޖަމީލް އެވެ. އޭނާ ބަންދުކޮށްފައި ހުރީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ތުހުމަތުގައެވެ. އޭނާ ނިޔާވެފައި އޮއްވާ ފެނުނީ އިއްޔެ ހުކުރު ވަގުތުގަ އެވެ. 

އެހެންނަމަވެސް ޖަމީލު މޫނުމަތިން ނޫފައިގެންފައިވާ ތަނެއް ފެންނަ ހުރިކަމަށާއި އެއީ އަނިޔާގެ ނިޝާންކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ. އަދި ޖަމީލު ނިޔާވީ ޖަލު އޮފިސަރުން އަނިޔާކުރުމުންކަމަށްް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން އަންނަނީ ކަންބޮޑުވުން ފާުޅުކުރަމުންނެވެ. 

މި ވާހަތަކާއި ގުޅިގެން ދާހިލީ ވަޒީރު އަލީ އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖަމީލް އެންމެ ފަހު ވަގުތުކޮޅު އޭނާ ނަމާދުކުރަން ހުރިތަން ޖަލުގެ ސީސީޓީވީ ފުޓޭޖްތަކުން ފެންނަކަމަށެެވެ. އަދި އޭނާ ނިޔާވެފައިވަނީ ސަޖިދާގައި އޮއްވާކަންވެސް އެ މަންޒަރުތަކުން ފެންނަކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. 

އެހެންނަނަމަވެސް ޝައްކު އުފެދޭ ކަމެއް އުޅޭނަމަ އެކަން ތަހުގީގުކުރާނެކަމަށް ވިދާޅުވެ އައިލާގެ ހުއްދައާއި އެކު ޖަމީލުގެ ޕޯސްމޯޓަމް ހަދަން ފުލުހުންނަށް އަންގާފައިވާކަމަށްް އިހްސާން ވިދާޅުވި އެވެ. މިއަދު ފަތިސް ނަމާދަށް ކުރިން ވަޅުލަން ނިންމި ޖަމީލުގެ ޕޯސްޓްމޯޓަމް ހަދަން މިހާރު ވަނީ ނިންމާފަ އެވެ. 

" ޖަލުގައި ކޮންމެ ގައިދީއަކު މަރުވިއަސް އިންސްޕެކްޓަރު އޮފަ ކަރެކްްޝަންސް އެކަން ހިންގައިދިޔަ ގޮތުގެ މިނިވަން ތަހުގީގެއް ހިންގާނެ. އަދި އެއްވެސް ޝައްކު އުފެދޭކަމެއް ހުރި ނަމަ އެޗްއާރުސީއެމުންވެސް މިނިވަން ތަހުގީގެއް ހިންގާނެ." ވަޒީރު ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ ޖަމީލް ހުރި ގޮޅީގެ ސީސީޓީވީ ފުޓޭޖްތައް ކަމާއި ގުޅޭ ހުރިހާ ދާއިރާއަކާއި ހިއްސާކުރާނެކަމަށެވެ.

ކަރެކްޝަނުން ބުނީ ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މުހައްމަދު ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރް ދިންކަމަށެވެ. އަދި އެއްވެސް ބަދަލެއް ނައުމާ ގުޅިގެން، 12:13 ހާއިރު މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދޭން ފެށިކަމަށާއި އޭގެ ބައިގަޑިއިރެއްހާއިރު ފަހުން ޑޮކްޓަރު ވަނީ ޖަމީލްގެ ހިތް ހުއްޓިގެން ނިޔާވިކަމަށް ކަނޑައެޅިކަމަށްވެސް ކަރެކްޝަނުން ވަނީ ބުނެއެވެ.

ޖަމީލަކީ އެންވަޔަރުމެންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަލީ ސާލިހަށް ވަޅިން ހަމަލާ ދީގެން ހައްޔަރުކުރި މީހެކެވެ. ސަލްމާން މިސްކިތުގައި ހުކުރު ނަމާދު ކުރަމުން ދަނިކޮށް، މިންބަރަށް އަރައި އަޑުގަދަކޮށް ނަމާދަށް ހުރަސްއެޅި މައްސަލައެއްގައިވެސް އޭގެ ކުރިން އޭނާ ހައްޔަރުކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް