ads
މާފުށި ޖަލު
11 ކަރެކްޝަންސް އޮފިސަރަކު ޝަރީއަތް ނިމެންދެން ބަންދަށް
ޖަލުގައި ތިބޭ ކުށްވެރިންނަށް މަސްތުވާތަކެއްޗާއި ފޯނު ފަދަ ތަކެތި، ރިޝްވަތު ނައިގެން ފޯރުކޮށް ދެމުން ދިޔަ މައްސަލައިގައި ހައްޔަރުކުރި މޯލްޑިވްސް ކަރެކްޝަނަލް ސާބިސެސްގެ 13 އޮފިސަރުންގެ ތެރެއިން 11 އޮފިސަރަކު ޝަރީއަތް ނިމެންދަން ބަންދު ކުރަން އަމުރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، އެ މައްސަލައާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން 5 ދުވަހަށް އަދި އަނެއް 11 މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެެވެ.

އޭގެ ތެރެއިން ނުވަ މީހަކު ހައްޔަރުކޮށްފައި ވަނީ މާފުށިން ކަަމަށް ފުލުހުން ބުނިއިރު، ކާށިދޫން ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އުތީމުންނާއި މާލެ އިން ވެސް އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެެވެ.

އެ ހުރިހާ އޮފިސަރުން ހައްޔަރުކުރުމަށްފަހު، އެ މީހުން ދިރިއުޅެމުންދިޔަ ތަންތަން ވަނީ ބަލައިފާސްކޮށްފަ އެވެ.

މި މައްސަލައިގައި 18 ކަރެކްޝަންސް އޮފިސަރުން ހިމެނޭ ކަމަށާއި އެ އޮފިސަރުންގެ އެކައުންޓަށް މިދިޔަ އަހަރު އެކަނި ވެސް 73.3 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މީގެކުރިން ވިދާޅުވެފައިވެ އެވެ.

އެއް އޮފިސަރެއްގެ އެކައުންޓަށް އަހަރެއް ތެރޭގައި 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވާއިރު، އެ ފައިސާ ޖަމާކޮށްފައި ވަނީ ކުދި އަދަދުތަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާފުށީ ޖަލަށް ޑްރަގާއި ފޯނު ވައްދާ ބޮޑު ނެޓްވޯކެއް ހިފެހެއްޓިއިރު ޖަލު އޮފިސަރުން އެކަމަށް އެހީތެރިވާ ކަމަށް އަބަދުވެސް ދެކެވެ އެވެ. އެކަމަކު އެކަމުގެ ތުހުމަތުގައި އޮފިސަރުންގެ ބޮޑު ނެޓްވޯކެއް ހައްޔަރުކުރި މިއީ ފުރަތަމަ ފަހަރެވެ.


100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް