ads
ދިވެހި ފިލްމު ކަމަނާގެ ފުރަތަމަ ޕޯސްޓަރު
"ކަމަނާ" ގެ ރަސްމީ ޕޯސްޓަރު ދައްކާލައިފި
ދިވެހި ފިލްމު "ކަމަނާ" ގެ ރަސްމީ ޕޯސްޓަރު ދައްކާލައިފި އެވެ.

މި ފިލްމަކީ އަންބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާ ގޮސްފައި އޮތް ބިރުވެރި ހިސާބު ފެނިގެން ދާނެ ފިލްމެކެވެ.

"ކަމަނާ" ގެ މައިގަނޑު ކާސްޓްގައި އުޅެނީ މަރިޔަމް އައްޒަ އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ އިތުރުން އައިމިނަތު ރަޝްފާ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި މުހައްމަދު މަނިކު، އަހުމަދު ނިމާލު، މުހައްމަދް ރަޝީދު (ދަރާ) އަދި ނަތާޝާ ޖަލީލު ހިމެނެ އެވެ.

ފިލްމުގެ ޕޯސްޓަރު ލޯންޗު ކުރުމަށްފަހު "ކަމަނާ"ގެ ޓީމުން ވަނީ އިންސްޓަގްރާމް އަދި ޓިކްޓޮކްގައި "އަނިޔާކުރުމާ އަހަރެން ދެކޮޅު" ކެމްޕޭން ގެ ދަށުން ގެވެށި އަނިޔާއާއި ދެކޮޅަށް ވާހަކަ ދައްކާފަ އެވެ. ގިނަ ބަޔަކު މިހާރު ތިބީ "ކަމަނާ" ގެ ޓްރެއިލާގެ އިންތިޒާރުގަ އެވެ.

ހަގީގީ ހާދިސާ އަކަށް ބިިނާ ކޮށް ކިޑް ޕްރޮޑަކްޝަނާއި ސެޓާން ސްޓޫޑިއޯ އިން ހުށަހަޅައިދޭ މި ފިލްމު ރިލީޒް ކުރާނީ މި އަހަރު އޮގަސްޓު މަހުގެ 27 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް