ads
އުލްޔާ
އަންހެނުންގެ 50މ ބަޓަފްލައި އަދި ފްރީސްޓައިލްގެ އާ ރެކޯޑެއް
އަންހެނުންގެ ޝޯޓްކޯސް 50 މީޓަރ ބަޓަފްލައި އަދި 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އާއިޝަތު އުލްޔާ ޝާއިގް އާކޮށްފިއެވެ.

އަންހެނުންގެ ޝޯޓްކޯސް 50 މީޓަރ ބަޓަފްލައި އަދި 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އުލްޔާ އާކުރީ އޮސްޓްރޭލިއާ ގައި ކުރިއަށްދިޔަ ބްރޭކަރސް ބިގް ސްޕްލޭޝް ޖޫން 2024 ގައި ޢުލްޔާ 50 މީޓަރ ބަޓަރފްލައި އިވެންޓުގައެވެ. 

މި އިވެންޓުގައި އުލްޔާ ގައުމީ ރެކޯޑް އާކުރީ 00:31.76 އިންނެވެ. އަދި، 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯރޑް އާކޮށްފައިވަނީ 00:28.81 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މީގެތެރެއިން 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ 2016 ވަނަ އަހަރު ބޭއްވުނު 13 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްގައި 00:29.81 އިން ރޭސްނިންމައިގެން އާމިނަތު ޝަޖަން އެވެ. 

50 މީޓަރ ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ މިރާލް އައިން ލަތީފްއެވެ. އެއީ 2023 ވަނަ އަހަރު ބޭއްވުނު ޓައުޓަން ޑީން، މިލްފީލްޑް އެންޑް ސްޓްރީޓް ކައުންޓީ ކޮލިފަޔަރގައި 00:32.56 އިން ރޭސް ނިންމައިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް