ads
މިރާލް
މިރާލް ދެ އިވެންޓަކުން ގައުމީ ރެކޯޑްއާކޮށްފި
އަންހެނުންގެ ޝޯޓްކޯސް 100 މީޓަރ ބަޓަފްލައި އަދި 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯރޑް މިރާލް އައިން ލަތީފް އާކޮށްފިއެވެ.

އަންހެނުންގެ ޝޯޓްކޯސް 100 މީޓަރ ބަޓަފްލައި އަދި 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯރޑް މިރާލް އާކުރީ، ޔޫކޭ ގައި ކުރިއަށްދިޔަ ރަޝްމޫރ ރޯޔަލްސް ސަމަރ (އެލް2) ޝޯޓްކޯސް އޯޕަން މީޓް 2024 ގައެވެ. 

މި އިވެންޓްގައި މިރާލް 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފައިވަނީ 01:13.94 އިންނެވެ. އަދި، 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯރޑް އާކޮށްފައިވަނީ 02:45.14 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މި ދެ އިވެންޓުގެ ގައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީވެސް މިރާލް އެވެ. އެއީ 2023 ވަނަ އަހަރު ބޭއްވުނު ޓައުޓަން ޑީން، މިލްފީލްޑް އެންޑް ސްޓްރީޓް ކައުންޓީ ކޮލިފަޔަރގައި 01:14.76 އިން 100 މީޓަރ ބަޓަރފްލައި އިވެންޓު އަދި،، 02:48.74 އިން 200 މީޓަރ އިންޑިވިޑުއަލް މެޑްލޭ އިވެންޓު ފުރިހަމަކޮށްގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް