ads
އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް
މަހަކު ޤުރުއާނުގެ 3 ފޮތް ހިތުދަސްކުރާ ދަރިވަރުންނަށް ޕޮކެޓްމަނީއެއް ދެނީ
ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުގައި ގުރުއާން ހިތުދަސްކުރަމުންދާ ދަރިވަރުންގެ ތެރެއިން މަހަކު ތިން ފޮތަށްވުރެ ގިނައިން ހިތުދަސްކުރާ ދަރިވަރުންނަށް ޕޮކެޓް މަނީއެއް ދިނުމަށް ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
Advertisement

ޑރ. ޝަހީމް މިހެން ވިދާޅުވީ ރޭ ފެށި ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޝަހީމް ވިދާޅުވީ ގުރުއާން ހިތު ދަސްކުރުމަކީ ބުރަ އަދި މާތް މަސައްކަތެއްކަމަށެވެ. އެހެންކަމުން އެ މަސައްކަތް ކުރާ ދަރިވަރުންނަށްް ހިތްވަރު ދިނުމަށް ސަރުކާރުން ޕޮކެޓް މަނީއެއް ދިނުމަށްް ނިންމާފައިވާކަމަށެވެ. އަދި އަންނަ އަހަރުން ފެށިގެން މިކަން ފަށާނެކަން ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.

" މި އަންނަ އަހަރުން ފެށިގެން ކޮންމެ މަހަކު ތިން ފޮތަށްްވުރެ ގިނައިން ދަސްކުރާ ކުދިންނަށް ހާއްސަ ޕޮކެޓްް މަނީއެއް އަޅުގަނޑުމެން ފޯރުކޮށްދޭނަށް." އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒު ހިންގުމަށް މި ސަރުކާރުގައި ހާއްސަ ބިނާއެއް ގާއިމުކުރަން ނިންމާފައިވާކަންވެސް ޝަހީމް ރޭ ވަނީ އިއުލާންކުރައްވާފައެވެ. ކީރިތި ގުރުއާނާއި ބެހޭ މަރުކަޒު މިހާރު ހިންގަމުން އަންނަނީ ސަލްމާން މިސްކިތުގައެވެ. އެހެންކަމުން އެ މަރުކަޒު ހިންގުމަށް ވަކި ބިނާއެއް ހެދުމަށް ރައީސް ޑރ. މުއިއްޒާއި މަޝްވަރާކުރައްވާނެކަމަށް ޝަހީމް ވިދާޅުވިއެވެ. 

" ކީރިތި ޤުރުއާނާ ބެހޭ މަރުކަޒަށް ހާއްސަ ބިނާއެށް ދިވެހި ރާއްޖޭގައި ގާއިމްކުރުމުގެ މި މަސައްކަތާބެހޭ ގޮތުން އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އާއި އަޅުގަނޑުމެން މަޝްވަރާ ކުރާނަން.... އިރާދަކުރެއްވިއްޔާ މި ވެރިކަމުގެ ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާއި ބެހޭ ހާއްސަ ބިނާއެއް ދިވެ ހިރާއްޖޭގައި ގާއިމް ކުރެވޭތޯ ފުރިހަމަ ޔަގީންކަން އަރުވަން." އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި މިއަހަރު 119 މުއައްސަސާއަކުން 1029 ބައިވެރިން ވާދަކުރެ އެވެ.

މިއަހަރުގެ މުބާރާތް ހުޅުވާލާފައި ވަނީ އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށާއި ގުރްއާން ކުލާސްތަކުގެ އިތުރުން ހާފިޒުންނަށް ބައިވެރިވެވޭ ގޮތަށެވެ. އެގޮތުން މިފަހަރުގެ ބައިވެރިންގެ ތެރޭގައި ހިމެނެނީ 52 ސްކޫލުން 365 ދަރިވަރުންނާއި، ކައުންސިލްތަކުގެ ފަރާތުން ވާދަކުރާ 357 ބައިވެރިންގެ އިތުރުން އެހެނިހެން މުއައްސަސާތަކުގެ 292 ބައިވެރިންނެވެ. އަދި މިއަހަރުގެ މުބާރާތުގައި ހާފިޒުންގެ ބައިން 15 ބައިވެރިން ވާދަކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް