ads
ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ - ފޮޓޯ:ރައީސް އޮފީސް
ޕީއެންސީ މެންބަރުންނަށް މުލީއާގެއިން ފައިސާ ދޭ ވާހަކަ ދޮގުކޮށްފި
ރައީސް ދިރިއުޅުއްވާ މުލިޔާގެ އިން ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދޭ ވާހަކަ ރައީސް އޮފީހުން މިއަދު ދޮގުކޮށްފި އެވެ.
Advertisement

ޕީއެންސީގެ މަޖިލިސް މެމްބަރުނަނަށް މުލިޔާގެއިން ފައިސާ ދީފައިވާކަމަށް ބުނާ ވާހަކަ ދޮގު ކުރީ ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދެވެ.

ހީނާ ވިދާޅުވީ ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް މުލިއާގެއިން މަހަކު 50،000 ރުފިޔާ ދޭކަަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ދެއްކެވި ވާހަކައަކީ ކަނޑައެޅިގެން ބުހުތާނު ދޮގު ވާހަކައެއްކަމަށެވެ.

ޓީވީ ޕްރޮގްރާމެއްގައި މިފަހުން ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވީ، މަޖިލީހަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ގޮތަކަށް ހިންގަންޖެހޭ ތަނެއްކަމަށް މި ސަރުކާރަށް ހީވެގެން އުޅޭ މަންޒަރު ފެންނަ ކަމަށެވެ. 

އަދި، އެ މެންބަރުންނަށް މުލީއާގެއިން 50،000 ރުފިޔާ ދޭ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ ފައްޔާޒުގެ އިތުރުން އިދިކޮޅު މަޖިލީސް މެންބަރުން ވެސް ވަނީ އެ ތުހުމަތުތައް ކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް