ads
ޖޯޖިއާގެ ކުޅުންތެރިން
ޖޯޖިއާގެ ހުވަފެނީ ދަތުރު ނިމުމަކަށް
ސްޕެއިން އަތުން ބަލިވެ، ޖޯޖިއާގެ ޔޫރޯގެ ހުވަފެނީ ދަތުރު ނިމުމަކަށް އަތުވެއްޖެއެވެ.

ސްޕެއިން އަތުން ޖޯޖިއާ ރޭ ބަލިވީ ހަތަރު ލަނޑު އެއް ލަނޑުންނެވެ. މި ނަތީޖާއާއެކު ޖޯޖިއާއަށް މުބާރާތް ނިމުނީއެވެ. 

ސްޕެއިން ކުއާޓާއަށް ކޮލިފައިވެ، ކުއާޓާގައި ސްޕެއިން ކުޅޭނީ ޖަރުމަނާއެވެ. ޖޯޖިއާ އިން ވަނީ މި ޔޫރޯގައި ޕޯޗުގަލް އަތުން 2-0 އިން މޮޅުވެފަ އެވެ. އަދި ޖޯޖިއާ އިން މުޅިން އަލަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކޮށް ގަދަ 16ގެ ތެރޭގައި ހިމެނުމަކީ ކާމިޔާބެއް ކަމަށް އެ ޓީމުން ގަބޫލުކުރެ އެވެ. ޔޫރޯގެ ޗެމްޕިއަންކަން ލިބިއްޖެ ކަމަށާއި ދެން އިތުރަށް ހާސިލް ކުރާނެ އެއްޗެއް ނެތް ކަމަށް ޖޯޖިއާގެ ކޯޗުވަނީ މެޗުގެ ކުރިން ބުނެފައެވެ. 

ޖޯޖިއާ ފުރަތަމަ ފަހަރަށް ބޮޑު މުބާރާތަކުން ފެނިގެންދާއިރު، ގްރޫޕްގެ އެންމެ ފަހު މެޗުގައި ބުދަ ދުވަހު ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް އަތުން 2-0 އިން މޮޅުވެ ނޮކްއައުޓް މަރުހަލާއަށް ދަތުރުކުރި އެވެ. ޖޯޖިއާއިން ތުރުކީ އަތުން ބަލިވިނަމަވެސް ޗެކް އަތުން ހޯދި ޕޮއިންޓާ، ޕޯޗުގަލް އަތުން ހޯދި ތިން ޕޮއިންޓާއެކު އެ ޓީމު ދެވަނަ ބުރަށް ދަތުރު ކުރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް