ads
ނުގަވައިދުން އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން: -- ފޮޓޯ: އިމިގްރޭޝަން
ގަވައިދާ ހިލާފަށް ވިޔަފާރިކުރި އަށް ބިދޭސީއަކު ހުޅުމާލޭން ހައްޔަރުކޮށްފި
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ގަވައިދާ ހިލާފަށް ކޮފީ ޝޮޕް ހިންގަމުންދިޔަ 8 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
Advertisement

އިމިގްރޭޝަނުން ބުނީ ފުލުހުންނާއި އިމިގްރޭޝަނުގެ ޖޮއިންޓް ޓާސްކުފޯހަކުން އިއްޔެ ހަވީރު ހުޅުމާލޭގައި ގަވައިދާ ހިލާފަށް ޓޭކްއަވޭ/ކޮފީ ފަދަ ތަކެތި ވިއްކާ ފިހާރަތައް ކަމަށް ބެލެވޭ ތަންތަން ބަލައި ފާސްކުރި ކަމަށެވެ. 

އެ އޮޕަރޭޝަނުގެ ތެރެއިން އަށް ބިދޭސީއަކު ހިފެހެއްޓި، އިތުރު ތަހުގީގަށް ހައްޔަރުކުރެވިފައިވާކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

ރާއްޖެ އަންނަ ބިދޭސީ މަސައްކަތްތެރިންނަށް، ނުހިންގޭނެ ވިޔަފާރިތަކުގެ ލިސްޓް އިކޮނޮމިކް މިނިސްޓްރީން އާކުރީ ފާއިތުވި ބުރާސްފަތި ދުވަހު އެވެ

ރާއްޖޭގައި ގަވައިދާ ހިލާފަށް ވިޔަފާރި ހިންގަމުންދާ ގިނަ އަދަދެއްގެ ބިދޭސީން އުޅެއެވެ. އެފަދަ މީހުން ގިނަ ފަހަރަށް ވިޔަފާރި ހިންގަނީ ދިވެހިންގެ ނަމުގަ އެވެ. އަދި އެމީހުންގެ އަމިއްލަ ވިޔަފާރިތައް ވެސް ރާއްޖޭގައި މަދެއް ނޫނެވެ.

ސައްހަ ހުއްދައެއް ނެތި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީން ޑީޕޯޓް ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. ބިދޭސީންގެ މައްސަލަ އަކީ ރާއްޖޭގައި ވަރަށް ބޮޑު މައްސަލަ އެކެވެ. ހާއްސަކޮށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެވެ. 

މި ސަރުކާރުން އަމާޒު ހިފާފައި ވަނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރުމަށެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ 3 އަހަރުގެ ތެރޭގައި ހައްލުކުރައްވާނެކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް