ads
ކަސްޓަމްސް މައި އޮފީސް ބިލްޑިންގް
އެނާޖީ ޑްރިންކާ ދުންފަތަށް ދޭ އިނާޔާތް ހުއްޓާލަނީ
އެނާޖީ ޑްރިންކްތަކަށް ދެމުން ގެންދާ ގާނޫނީ އިނާޔަތް ހުއްޓާލަން ނިންމާފައިވާކަމަށް ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕާ އިންޓެންޑެންޓް އަހުމަދު ނިޔާޒު ވިދާލު ވެއްޖެ އެވެ.
Advertisement

ނިޔާޒު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި، ދަތުރުވެރިންނާއި އަމިއްލަ ފަރާތަތަކުން ގެންނަ ތަކެތިން ޑިއުޓީ މައާފްކުރުމުގެ އުސޫލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނެވެ.

ނިޔާޒު ވިދާޅުވީ ސިއްހީ ދާއިރާއިން ބަލާއިރު އެނާޖީ ޑްރިންކްއަކީވެސް ވަަރށްބޮޑަށް ސިއްހަތަށް ނޭދެވޭ އަސަރުތައް ކުރާ އެއްޗެއްކަމުން  އެނާޖީ ޑްރިންކްއަކަށް އިނާޔަތް ނުލިބޭގޮތަށް މިހާރު ހަމަަޖައްސާފައިވާކަމަށެވެ. އަދި އުސޫލާސް ގެނެވުނު އާ ބަދަލާއެކު އެގޮތަށް އަމަލުކުރަން ފަށާނީ 1 އޮގަސްޓުން ފެށިގެންކަމަށް ނިޔާޒު ވިދާޅުވިއެވެ.

އެނާޖީ ޑްރިންކް ތަކުގެ އިތުރުން ދުންފަތުގެ ބާވަތަތައް، ދުންފަތު ސިނގެރޭޓު އަދި ވޭޕް ކުރަން ބޭނުން ކުރާ ސާމާނު ފަދަ ތަކެއްޗަށްވެސް 1 އޮގަސްޓުން ފެށިގެން އެލަވަންސް ދިނުން ހުއްޓާލަން ނިންމާފައިވާކަމަށް ނިޔާޒު ވިދާޅުވިއެވެ. އެގޮތުން މިތަކެއްޗަށް އެކަވަންސް ދިނުން ހުއްޓާލުމުގެ މުހިއްމު ސަބަބުތަކެއް ހުރިކަންވެސް ނިޔޒު ފާހަގަކުރެއްވި އެވެ.

"އިނގިވަޑައިގަންނަވާނެ ރާއްޖެއަކީ، ސިއްހަތާ ގުޅޭ ވެސް ވަރަށް ގިނަ ކޮންވެންޝަންތަކުގައި ސޮއިކޮށްގެން، ބައިނަލްއަގްވާމީ މުއްހަދާތަކުގައި ސޮއިކޮށްގެން ހުރި ގައުމެއް، އެ މުއާހަދާތަކުގައިވެސް ބާރު އެބައަޅާ ދުންފަތަށްއެއްވެސް ވަރަކަށް އިސްތިސްނާ ނޫނިއްޔާ މިކަހަލަ އިންސެންޓިވްތައް ދިނުމަކީ ކޮންވެންޝަންތަކުގައިވެސް އެހާ ބޮޑަށް ބާރު އަޅާކަމެއް ނޫން. އެހެންވީމާ އަޅުގަނޑުމެން މިފަހަރު ގެނައި ބަދަލާއެކު ދުންފަތުގެ ބާވަތަތަކަށް އެއްވެސް އެލަވަންސްއެއް ނުލިބޭނެ. އޭގެ މާނައަކީ ދަތުރުވެރިންނަށްވެސް އަދި ރާއްޖޭގައި ތިބެގެން އޯޑަރު ކުރިޔަސް، ދުންފަތުގެ ބާވަތްތަކަށް އެއްވެސް އެލަވަންސްއެއް ނުލިބޭނެ' ކަސްޓަމްސްގެ ސުޕާއިންޓެންޑެންޓް ނިޔާޒު ވިދާޅުވި އެވެ.

ދުންފަތުގެ އެންމެ ފޮށްޓެއް ގެނައި ކަމުގައިވިޔަސްވެސް ޑިއުޓީ ނެގިގެންދާނެ ކަަމަށް ނިޔާޒު ވިދާޅުވި އެވެ. މީގެއިތުރުން ތިމާވެށި ހިމާޔަަތްކުރުމާއި އެކަންކަމުގައި އިތުރަށް ހިތްވަރުދިނުމުގެ ގޮތުން ޕްލާސްޓިކް ކޮތަޅާ، ސިންގަލް ޔޫސް ޕަލާސްޓިކް ގޮތުގައި މިހާރު ހުރި ހުރިހާ އައިޓަމްތަކަކަށް ވެސް އެލަވަންސްއެއް ނުދެވޭނެކަމަށް ނިޔާޒު ވިދާޅުވި އެވެ.

ނިޔާޒު ވަނީ ކުރީގައި އެލަވަންސް އެންމެ ބޮަޑަށް ބޭނުން ކުރަމުން ދިޔަ އެއްދާއިރާ އަކީ އެއްގަމު އުޅަނދުފަހަރުކަމަށް ފާހަގަކުރައްވާފައެވެ. އެއްގަމު އުޅަނދު،ސައިކަލު، އަދި މުދަލާއެކު ހުންނަ އުޅަނދު ފަހަރަށްވެސް އިނާޔަތް ލިބިގެނެއް ނުދާނެގޮތަށް މި ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުސޫލަށް ބަދަލުގެނެސްފައިވާކަމަށް ނިޔާޒު ވިދާޅުވިއެވެ.  

"އަޅުގަނޑުމެންގެ މަގްސަދަކީ އަޅުގަނޑުމެންގެ މާލެ ސަރަހައްދުގައި އަދި ރާއްޖެ ސަރަހައްދުގައި، ރާއްޖޭގައިވެސް މިއޮތް ކޮންޖެންޝަން ވީހާވެސް ބޮޑަަކަށް އެއީ އެކަހަލަ ތިމާވެއްޓަށް ނުރައްކާވާގޮތަށް ނޫނިއްޔާ އަދި އަޅުގަނޑުމެންގެ ކޮންޖެންޝަންއާ މި ބައިބައިވުމަށް އިތުރަށް ހުރި ފުރުސަތުތައް އަސްލު ކުޑަކުރުން" ނިޔާޒު ވިދާޅުވި އެވެ.

މީގެއިތުރުން ނުރަނގަޅު ގޮތުގައި ދޭ އެލަވަންސް ކަސްޓަމްސް އިން ފާހަގަކުރެވޭ ފަރާތްތަކަށްވެސް އެ އެލަވަންސް ލިބިގެންނުދާނެކަމަށް ނިޒާޒު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް