ފުލުހުން ބުނީ މި ތަކެތި އަތުލައިގަތީ ގަވައިދާ ހިލާފަށް ޖަލަށް ތަކެތި ވައްދާތީ އެކަން ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން ގުޅިގެން ކުރިޔަށް ގެންދާ އޮޕަރޭޝަންގައެވެ.
ފުލުހުން ބުނީ މިއޮޕަރޭޝަނުގެ ތެރެއިން މިއަދު މާފުށި ޖަލުގެ 8 ޔުނިޓެއް ބަލައި ފާސްކޮށްފައިވާކމަށެވެ. އަދި އެ ޔުނިޓުތަކުން 29 މޯބައިލް ފޯނު، 17 ޗާޖަރު، 12 ހެޑްސެޓް، 3 ޕެންޑްރައިވް، 3 އެއާޕޮޑް، 3 ކޭބަލް، 2 ސިމް ކާޑުގެ އިތުރުން ހަތަރު ބޮގަރު ފުޅި ފެނިފައިވާ ކަމަށެވެ.
ސަލާމަތީ ބާރުތަކާއި ކަރެކްޝަންސް ގުޅިގެން ކުރިޔަށް ގެންދާ މި އޮޕަރޭޝަނުގައި 183 ފުލުހަކާއި އެމްއެންޑީއެފްގެ 81 ސިފައިންގެ އިތުރުން ކަރެކްޝަންސްގެ 40 އޮފިސަރުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.