ads
ފްރާންސްގެ ކުޅުންތެރިން
ބައިކޮޅަށް ބެލްޖިއަމް ޖެހި ލަނޑުން ފްރާންސް ކުއާޓާއަށް
މެޗު ނިމެން ކުޑަތަންވެފައިވަނިކޮށް، ބެލްޖިއަމް ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑާ އެކު ޔޫރޯގެ ކުއާޓާގެ ފުރުސަތު ފްރާންސަށް ލިބިއްޖެއެވެ.

މިރޭ ފްރާންސްއާ ބެލްޖިއަމް، ގަދަ 16 ޓީމުގެ ބުރުގައި ކުޅުނު މެޗުން ފްރާންސް މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ. އެ ލަނޑަކީ މެޗު ނިމެން ހައެއްކަ މިނިޓަށްވެފައި ހުއްޓާ، ފްރާންސްގެ ފޯވާޑް، ރަންޑަލް ކޯލޯ މުއާނީ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ޝޮޓް، ބެލްޖިއަމްގެ ޑިފެންޑަރު ޔާން ވެޓޮންގަންގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެވެ. 

ފްރާންސް އިން ކުއާޓާ ފައިނަލަށް ދިޔައިރު، މުބާރާތުގައި އެ ޓީމަށް ޖެހުނީ ތިން ގޯލެވެ. އެއީ އިދިކޮޅު ޓީމުތަކުން ބައިކޮޅަށް ޖެހި ދެ ގޯލާއި އެމްބާޕޭ ޖެހި ޕެނަލްޓީ އެވެ.

ޔޫރޯގެ ކުއާޓާ ފައިނަލްގައި ފްރާންސްއާ ދެކޮޅަށް ނުކުންނާނީ ޕޯޗުގަލް ނުވަތަ ސްލޮވީނިއާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް